ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫތު ލީޑަރޝިޕް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

STO_Ads
TTH_Ads
Advertisement

ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި “ޔޫތު ލީޑަރޝިޕް ކޭމްޕް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕު ބާއްވާފައިވަނީ މި މަހުގެ 14 އިން ފެށިގެން މިއަދުގެ ނިޔަލަށް ކ. ހުރާގައެެވެ. މި ކޭމްޕަކީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ތިން ދުވަހަށް ކުރިޔަށް ގެންދިޔަ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގުޅިގެންނެވެ.

HajjCop_ads
Advertisement

އެކު ޖުމްލަ 31 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޭމްޕުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ސެލްފް ޑިފެންސް، ލީޑަރޝިޕް ޓްރެއިޓްސް، ފަންގްޝަނަލް ލީޑަރޝިޕް އަދި ކޮމާންޑް ޓާސްކްތަކާ ގުޅޭ އައުޓްޑޯ ޑެމޯ ސެޝަންތަކެއް ނަގައިދީފައެވެ.

މީގެ އިތުރުން ފަޔަރ އެވެއަރނެސް ސެޝަންތަކާއި، ފުލުހުންނާ ގުޅިގެން ރެސްކިއު ސްވިމިންގެ ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މައުލޫމާތުދީފައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ކްރައިމް ޕްރިވެންޝަން ނުވަތަ ކުށް މަދުކުރުމާ ގުޅޭ މަޢުލޫމާތާއި، ރެސްކިއު ސްވިމިން ތިއަރީ ސެޝަންތައް ނަގައިދެއްވާފައެވެ.

މީގެ އިތުރުން، އެންސީޓީސީގެ ފަރާތުން “ޔޫތު، ޕީސް އެންޑް ސެކިއުރިޓީ”އާ ގުޅޭ ހާއްސަ ސެޝަނެއް ބާއްވާފައިވާ ކަމަށް ވެސް އެވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ޒުވާނުންގެ މެދުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމާއި، ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މިކޭމްޕުގައި ސެޝަންތަކެއް ކުރިއަށްގެންދިޔަ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިކޭމްޕަށް ބައިވެރިން ހޮވާފައިވަނީ މިމަހުގެ ކުރީކޮޅު އެކަމަށް އިއުލާން ކޮށްގެންނެވެ.

މިފަދަ ކޭމްޕްތަކުގެ މައިގަނޑު މަގްސަދަކީ، މުޖުތަމައުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ޒިންމާދާރު ލީޑަރުންތަކެއް ބިނާކުރުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމަށް އަޝްފާން ބަދަލުކޮށްފި

Img md 202604120918581775967538.7267

“ސްކިލްއަޕް ޔޫތު” ވޯކްޝޮޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

Mm

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފި