އިމިގްރޭޝަންގެ ހިދުމަތުގައި 19 އަހަރު ހޭދަކުރައްވާފައިވާ އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަޝްފާން އައްޔަންކޮށްފައިވަނީ އެޕްރީލް 4، 2024 ގައެވެ.

އިމިގްރޭޝަނަށް ދިގު މުއްދަތަކަށް ކުރެއްވި ޚިދުމަތް ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އޭނާއަށް ޝަުކުރުއަދާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އަޝްފާންއަކީ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގުގެ ކޮއްކޮއެވެ. ތަފާތު އެކި ފުޓުބޯޅަ ކްލަބްތަކަށް ކުޅެފައިވާ އަޝްފާން ވަނީ މީގެކުރިން ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ކުޅެފައެވެ.