ޒުވާނުންގެ އެވޯޑަށް ނަން ހުށަހެލުމުގެ ފުރުސަތު ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ޒުވާނުންގެ އެވޯޑަކީ ޒުވާނުން ޤައުމުގެ ތަރައްގީއަށް ކޮށްދޭ އަގުހުރި ހިދުމަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑާކެވެ. މިއެވޯޑަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މިއަހަރު ތަފާތު 22 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
* ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ
* ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ
* އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ޘަޤާފަތްދިރުވުމުގެ ދާއިރާ
* މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ
* ހުނަރުވެރި މަސައްކަތްދަސްކޮށްދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ)
* ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ތިމާވެށީގެ ދާއިރާ
* މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ ދާއިރާ (ޖެންޑަރ އީކުއަލިޓީ)
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ދިވެހިބަސް ދިރުވާ އާލާ ކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ދިރާސާކުރުން އަދި އައު އުފެއްދުންތަކުގެ ދާއިރާ (ރިސާރޗް އެންޑް އިނޮވޭޝަން)
* ފަތުރުވެރިކަމުގެ ދާއިރާ
* ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދާއިރާ
* ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ(ޔޫތު އިންކޫސިވިޓީ)
* ދީނީ ދާއިރާ
* ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ދަރުމަވެރިކަމުގެ ދާއިރާ (ވޮލަންޓިއަރިޒަމް)
* މަސްވެރިކަމުގެ ދާއިރާ
* ހަށިހެޔޮދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ
* ދަނޑުވެރިކަމުގެ ދާއިރާ
* ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/6RwO0 އަދި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މެއިން ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 31 ޑިސެންބަރުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ.