ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

88887
TTH_Ads
STO_Ads
Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ މަގުސަދުގައި ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ 60 ދުވަހުގެ މުއްދަތަށް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި އަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރުމަށްފަހު އެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން 60 ދުވަހުގެ މުއްދަތަށް އޭނާ ވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

ފަނޑިޔާރުންނާއި ގާޒީންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދީފައިވާ ގާނޫނީ ބާރެކެވެ. މި ބާރުގެ ދަށުން، މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި ފަނޑިޔާރުން މަސައްކަތުން އެކަހެރިކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެ އެވެ.

HajjCop_ads
Advertisement

މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މެދުވެސް ޖޭއެސްސީން މީގެ ކުރިން މިފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގެ އޭރުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ސިވިލް ކޯޓުގެ ތިން ގާޒީންގެ މަގާމަށް 42 ފަރާތަކުން ކުރިމަތިލައިފި

Io

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާދެއްވައިފި

WhatsApp Image 2026 03 03 at 15.06.07

ހުޅުދުއްފާރުގައި ސްކޫލް ދަރިވަރުންގެ އެކޮމޮޑޭޝަން ފެސިލިޓީއެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި