އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.

އެމްޓީސީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހުރިހާ ދުވަހެއްގެ ހެނދުނު 7:00 އިން ފަށައިގެން ރޭގަނޑު 22:00 އާ ހަމައަށެވެ.

އިޝްތިހާރު އިޝްތިހާރު

ދަތުރުތަކާއި ބެހޭ އިތުރު މައުލޫމާތު 1650 އަށް ގުޅުމުން ލިބޭނޭކަމަސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.