ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގާ ދެ މައްސަލައެއްގެ އަޑުއެހުންތައް ތާވަލުކޮށްފި

Big yaxb9elpng9gjuvjv0mpefhnr
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް — ފޮޓޯ: ޕީއެސްއެމް
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ މައްސަލައެއްގެ އަޑުއެހުންތައް ގިނަ މަސްތަކަކަށް ފަހު މި މަހުގެ ފަހުކޮޅު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

އެ ކޯޓުން ތާވަލުކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރ ކުރެއްވި ކަމަށް ތުހުމަތުކޮށް އުފުލާފައިވާ މައްސަލަތަކުގެ އަޑުއެހުންތަކެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ރ. ފުއްގިރި މައްސަލައިގެ އަޑުއެހުން މި މަހުގެ 23 ވާ ބުދަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ވ. އާރަށުގެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.

HajjCop_ads
Advertisement

ވ. އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ އެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އެ އިސްތިއުނާފީ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތަކެއް ނިމުނު އަހަރުގެ ފަހުކޮޅު ބޭއްވުމަށް ފަހު އިތުރު އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ. އެ މައްސަލައިގައި ހިމެނޭ ސަން ސިޔާމްގެ ދެ ކުންފުނީގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Uae

ވަގު ޑޮލަރު ދީގެން އައިފޯނު ގަތް މައްސަލައިގައި ޒައިދާން 7 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

Qw

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަން ސާބިތުވެ ބަންދުކުރަން އަމުރުކޮށްފި

72999222536383

ވަކީލަކު ހަމަޖައްސަން ތިނަދޫ މޭޔަރު ސައުދަށް 10 ދުވަސް ކޯޓުން ދީފި

Qw

އާރަށު މައްސަލައިގައި ވަކީލަކު އައްޔަންކުރަން ޔޫސުފް ނައީމަށް 10 ދުވަސް ދީފި