ރ. ފައިނުގައި އެމްޓީސީސީން އިމާރާތްކުރަމުން އަންނަ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓު އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. އިމާރާތުގެ ފުރާޅުގެ މަސައްކަތްތައް ނިމުމުން އެހެނިހެން ފިނިޝިން މަސައްކަތްތައް ކުރިއަށްދާނެއެވެ.
އަލަށް އިމާރާތް ކުރެވޭ ޕޮލިސް ޕޯސްޓްތަކާއެކު އެ ރަށްރަށުގެ އަމާންކަން ބެލެހެއްޓުމަށާއި ކުށް މަދުކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ ޕޮލިސް ޕޯސްޓްތައް ނިމުމުން، އެ ރަށްރަށުގައި ގާއިމުވެ ތިބެ ފުލުހުން ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އެމްޓީސީސީން ދަނީ މި އިމާރާތްތަކުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.