ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

Ihusan
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކަޅު ބާޒާރުގައި  ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބްލެކް މާކެޓުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޙްސާން ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމަށް ހޮޓްލައިނަށް ލިބުނު މަޢުލޫމާތާގުޅިގެން 12 މީހެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށާއި އޭގެ ތެރެއިން 9 ފަރާތެއް ޑިޓެންޝަނަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް ޑިޓޭންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެމީހަކު ބަލާ އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލާކަމަށާއި ޤާނޫނު ތަންފީޒް ކުރަން ފެށުމުން އެމީހަކު ބަލާ އައުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރެއް ތަޢާރަފްކޮށްފައެވެ.

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި އެމީހުން ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒް ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭކަމަށާއި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް ، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަންޖެހޭ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަނެއްގެ ގޮތުގައި ހެދުމަށްފަހު ބިދޭސީން ހިންގަމުންދާ ތަންތަނުގެ ގޮތުގައިވެސް ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކެއް ލުއިދިނުމެއް ނޯންނާނެކަމަށާއި ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

މުސާރާ ލިބުނީމަ އެ މުސާރަތައް ޖަމާއެބަކުރޭ ދިވެހި ވިޔަފާރީއެއްގެ ނަމުގައި އޮންނަ އެކައުންޓްތަކަށް. އޭގެން ޑޮލަރު ކޮންމެ ދުވަހަކު ބަދަލުކުރަމުން އެބަދޭ. އެ ޑޮލަރުތައް އެއްކޮށްގެން ސްމަގްލކޮށްގެން ގެންދޭއެބަ.

ޑޮލަރުގެ ކަޅުބާޒާރު އޮތް ގޮތުގެތަފްސީލް ހިއްސާކުރަމުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކައިގައި ވަނީ ބޮޑެތި އަދަދުތަކުން ޓީޓީ ހައްދަވާ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކޮށް، ޓީޓީ ހައްދަމުންދާތީ އެމައްސަލަވެސް ތަޙްޤީގުކުރަމުންދާކަމަށާއި އެކަން ކުރާ ފަރާތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. ވަޒީރު ވިދާޅުވީ ޖޮބް ވިޔަފާރި ކުރުމުގައާއި ބިދޭސީންގެ މުސާރާގެ ކަންކަމުގައި އެ ރޫޓް ބޭނުންކުރާކަން ފާހަގަވެފައިވާކަމަށެވެ.

ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Usham

ޤާނޫނީ ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލުތައް އަންނާނެ: ބަންޑަރަ ނައިބު

Ihsaan

މަސްތުވާތަކެތީގެ މައްސަލާގައި ގެއެއްގެ ވެރިފަރާތަށް ކުރި ހުކުމަކީ ބޮޑު ކާމިޔާބީއެއް: އިޙްސާން

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން

Optimized a534lc

ރަސްމީ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުން ކުށަކަށް