ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަހެއް ނޯންނާނެ: އިހުސާން

3
ހޯމް މިނިސްޓަރު އަލީ އިހްސާން — ފޮޓޯ: އަވަސް
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ބޮޑު މަޝްރޫއެއް ހިންގި ނަމަވެސް، އެ ސަރަހައްދުގައި ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ 21 ސެޕްޓެމްބަރު 2026 ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް ދޫކުރާ ސަރަހައްދާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އެ ތަންތަނުގައި އޮންނާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

HajjCop_ads
Advertisement

އިހުސާން ވިދާޅުވީ، ރާއްޖޭގެ ސިޔާދަތީ ބާރާއި ސަލާމަތީ ބާރުތަކުގެ ބާރު ނުހިންގޭނެ ގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. އަދި އޭނާއަކީ ގައުމު ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއްކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ބަޔަކީވެސް ރާއްޖޭގައި ކުރިއަށްދާ އެހެން މަޝްރޫއުތަކެކޭ އެއްފަދަ ތަނެކެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ސިނާއީ މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ތަންތަނުގެ އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ މީހުން އަމިއްލައަށް ކަމަށާއި ރަސްމާލެއަކީ ވެސް އެއާ ތަފާތު ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެ ހުރިހާ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެ ބާރު ފުރިހަމައަށް ހިންގާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މަޝްރޫއުގެ ބާވަތުން ފުލުހުން އެ ތަނުގައި ގާއިމުވެ ތިބެންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަންކަމުގެ ހަގީގަތް އެނގިވަޑައިނުގަންނަވާނަމަ، މައުލޫމާތު ސާފުކުރުމަށްފަހު ޚަބަރު ފެތުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (9)

ރަސްމާލެ: ހަމައެކަނި ބޯހިޔާވަހިކަމެއް ނޫން، ފުރުޞަތުތަކުގެ އައު ސަހަރެއް!

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

3

ސިޔާސީ މަންފާއަށްޓަކައި ދީނީ ބައިބައިވުން އުފެއްދުން ހުއްޓާލުމަށް މިނިސްޓަރު އިހުސާން ގޮވާލައްވައިފި