ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސީ މަންފާއަށްޓަކައި ދީނީ ބައިބައިވުން އުފެއްދުން ހުއްޓާލުމަށް މިނިސްޓަރު އިހުސާން ގޮވާލައްވައިފި

3
ހޯމް މިނިސްޓަރު އަލީ އިހްސާން — ފޮޓޯ: އަވަސް
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ދީނީ ހލާފުތައް އުފައްދައި ބައިބައިކުރުވައި، އާންމުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވަރަށް ބޮޑަށް ރައްދު ދެއްވައިފިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމުކުރަން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ޔަހޫދީ އާބާދީއެއް ގާއިމުކުރުން ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ފަލަސްތީނަށް ދިވެހި ރައްޔިތުން ކުރާ ދެގޮތެއް ނުވާ ތާއީދަކީ ބިރުވެރިކަމާއި ނަފްރަތާއި ސައްހަ ނޫން މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ސިޔާސީ ގޮތުން ކޮޅަށް ހުރުމަށްޓަކައި ދީނީ ބައިބައިވުންތައް އުފައްދައި އާންމުންނަށް އޮޅުވާލުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގައުމީ ތަރައްގީއަކީ އަމިއްލަ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ގެއްލިގެންދާ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށާއި ދިވެހިރާއްޖެއަށް ހައްގުވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި މަޝްރޫއާ ގުޅޭގޮތުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ވަރަށް ވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައި ތިބި ބައެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ލަހެއް ނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ ކަމަށާއި، މި މަޝްރޫއު ކުރިއަށް ދާނީ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ޝިފާއު ގޭބަންދަށް ބަދަލުކުރީ ސިއްހީ ސަބަބަކަށްޓަކައި: އިހްސާން

AG Ushaam

ރިޒޯޓުތައް 99 އަހަރަށް ދޫކުރަން ފެށީ ރައީސް ޔާމީންގެ ވެރިކަމުގައި: އުޝާމް

DSC

މަސްތުގެ ހާލަތުގައި ވެހިކަލް ދުއްވާ މައްސަލަ އާދަޔާ ހިލާފަށް ގިނަވެއްޖެ: އިހުސާން

DSC

އަންނަ މެއި މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ: އިހުސާން