ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރަގް ކެފޭ ގޮތުގައި ހިންގި 20 ތަނެއް ބަންދުކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ޑްރަގް ކެފޭ ގޮތުގައި ހިންގި 20 ތަނެއް ބަންދުކޮށްފި އެވެ.

މައުލޫމާތު ދެއްވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި މިހާތަނަށް މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މާލެއާ އަތޮޅުތެރޭގައި ހިންގާ ޑްރަގް ކެފޭތައް ބަންދުކުރުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ އަމާޒަކީ އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެފަދަ ހުރިހާ ތަނެއް ބަންދުކުރުން ކަމަށެވެ.

އެގޮތުން މިހާތަނަށް ޖުމްލަ 20 ތަނެއް ބަަންދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މީގެ ކުރީން ވެސް އެތައް ފަހަރެއްގެ މަތީން ބަންދުކޮށްފައިވާ ޑްރަގް ކެފޭތައް އެބަހުރި ކަމަށެވެ.

އަދި މިހާރު ޤާނޫނުން ލިބިފައިވާ ބާރުތަކާއެކު ތަކުރާރުކޮށް އެފަދަ ކަންކަން ކުރުމަށް ދެން ފުރުސަތު ނުލިބޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

“ޑްރަގްގެ މައްސަލާގައި އަދުގެ ސަރުކާރުގެ ޓޮލަރެންސް ވަރަށް ވަރަށް ކުޑަވާނެ. ކުރީން ފިޔަވަޅު ނާޅާ ވަރަށް ގިނަ ކަންކަމަށް އަޅުގަނޑުމެން މިދަނީ ފިޔަވަޅު އަޅަމުން. ފިޔަވަޅުތައް އަޅަން ވެގެން ޤާނޫނުން އިތުރު މަގުތައް މިވަނީ ފުޅާކޮށްފައި. އަދި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަވެފައި މިވަނީ،” ވަޒީރު

މީގެ އިތުރުން ފަރުވާގެ ނިޒާމު ފުޅާކުރުމަށް ވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ލ. ގަމާއި ކ. ކާށިދޫ އާއި ނ. ވެލިދޫގައި ފަރުވާގެ ނިޒާމު ހިންގާއިރު ކ. ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަރުކަޒެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihusan

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

Ihsaan

މަސްތުވާތަކެތީގެ މައްސަލާގައި ގެއެއްގެ ވެރިފަރާތަށް ކުރި ހުކުމަކީ ބޮޑު ކާމިޔާބީއެއް: އިޙްސާން

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙްސާން