ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ވަޒީރު އިހްސާން ހޮސްޕިޓަލަށް، ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެހީ ލިބޭނެ ކަމަށް!

Nimaal
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސިނަމާލެ ބްރިޖުގެ ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުއްޓާ ސައިކަލަކުން ޖެހި، ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ އޮފިސަރަށާއި އޭނާގެ ޢާއިލާއަށް ހިތްވަރު ދެއްވައިފިއެވެ.

މި ޒިޔާރަތަކީ ޤައުމީ ޚިދުމަތުގައި ހުރެ އަނިޔާވި އޮފިސަރުގެ ޙާލު ބައްލަވައި، އޭނާގެ ޢާއިލާއަށް ސަރުކާރުގެ އެހީތެރިކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީވެސް ވަނީ ވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

HajjCop_ads
Advertisement

އޭޑީކޭ ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު އިޙްސާން ވަނީ، ޤައުމީ ޚިދުމަތުގައި އެ އޮފިސަރު ދެއްކެވި ސާބިތުކަމާއި ހިތްވަރު ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން ވަމުންދާ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރައްވައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ ޢާއިލާއަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ 17 އޮކްޓޫބަރު 2026 ވީ ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި އެ އޮފިސަރު ޙަރަކާތްތެރިވަމުން ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑުގައި ޖެހި، ގޮސް ވަނީ އޭނާގެ ގައިގައި ޖެހިފައެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މިއީ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމުގެ މަޤްޞަދުގައި ގަސްތުގައި ދީފައިވާ ނުރައްކާތެރި ޙަމަލާއެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަހެއް ނޯންނާނެ: އިހުސާން

3

ސިޔާސީ މަންފާއަށްޓަކައި ދީނީ ބައިބައިވުން އުފެއްދުން ހުއްޓާލުމަށް މިނިސްޓަރު އިހުސާން ގޮވާލައްވައިފި

Qw

ޝިފާއު ގޭބަންދަށް ބަދަލުކުރީ ސިއްހީ ސަބަބަކަށްޓަކައި: އިހްސާން

DSC

މަސްތުގެ ހާލަތުގައި ވެހިކަލް ދުއްވާ މައްސަލަ އާދަޔާ ހިލާފަށް ގިނަވެއްޖެ: އިހުސާން