ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ މައްސަލާގައި ގެއެއްގެ ވެރިފަރާތަށް ކުރި ހުކުމަކީ ބޮޑު ކާމިޔާބީއެއް: އިޙްސާން

Ihsaan
Maldivian_Ads
TTH_Ads
STO_Ads
Advertisement

މަސްތުވާތަތެކި ބޭނުންކުރުމަށް ގެއެއް ދޫކުރި މައްސަލައެއްގައި ގޭގެ ވެރިފަރާތް ޒިންމާދާރު ކުރުވުމަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމަށް ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ގ. ޕެލިކަންގޭގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާ މައްޗަށް 10 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ޤާނޫނަށް ހަރުދަނާ ބަދަލުތަކެއް ގެނެވި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެ ދޫކުރާ ފަރާތްތައްވެސް ޖަލަށް ލެވޭނެކަން ކަށަވަރުވެފައިވާކަމަށް ވިދާޅުވެފައެވެ. މިމައްސަލައިގެ ހުކުމް ކޮށްފައިވަނީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލާއެކުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ވަނީ މިމައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، މިއީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތް ކާމިޔާބު ވުމަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ. އަދި މުޖްތަމަޢު މަސްތުވާތަކެތިން ރައްކާތެރިކޮށް އޭގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ގ. ޕެލިކަން ގެއަކީ 2019ވަނަ އަހަރު ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، ހުއްޓުވާފައިވާ ގެއެވެ. އެގޭގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތި ބޭނުންކުރަން މަގުފަހިވާގޮތަށް ކާޓެލް ހިންގަމުންދިޔަކަމަށް ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެގެއިން އެކި ބާވަތުގެ މަސްތުވާތަކެތި ހޯދާފަވާއިރު، މީހުންވެސް ހައްޔަރުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި ވިއްކާކަމަށް ހުށައެޅި ތަފާތު މައްސަލަތަކުގައި ފުލުހުން އެގެޔަށް ވަދެ، މަސްތުވާތަކެތި އަތުލައިގެން، މީހުންވެސް ހައްޔަރުކޮށްފަވެއެވެ.

މި މައްސަލައިގައި ކުރި ދަޢުވާގައި ބުނެފައިވަނީ އިބްރާޙިމް ނާޘިމްގެ ބެލުމުގެ ދަށުގައި ހުރި އެ އޭގައި މީހުން މަސްތުވާތެކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ޤަބޫލުކުރެވޭ ޙާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ އިބްރާޙިމް ނާޘިމް އެކަން ހުއްދަކޮށްފަވާކަމަށެވެ.

މިކަން ސާބިތުވެ، ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކޮށްފައިވާ ހުކުމުގައިވާ ބަޔާނާއި އެއްގޮތަށް، ގ.ޕެލިކަންގޭގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގައި މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުން، އިބްރާމް ނާޘިމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާކަމަށެވެ. އަދި މި ކުށުގެ އަދަބެއްގެގޮތުން މަސަތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127ވަނަ މާއްދާގެ ދަށުން، އިބްރާޙިމް ނާޘިމް، 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙްސާން

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް: އިޙްސާން

DSC

މަސައްކަތްކުރާނީ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: އިޙްސާން