ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތްކުރާނީ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: އިޙްސާން

DSC
Maldivian_Ads
TTH_Ads
STO_Ads
Advertisement

މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރެ ކެބިނެޓަށާއި، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ހޯމްލޭންޑް މިނިސްޓްރީގެ މެންޑޭޓަށްވެސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، “ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ” މިނިސްޓަރުކަމަށް، އެމަނިކުފާނު އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކުގައިކަމަށެވެ.

މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އަދި ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމަށް ވަޒީރުގެ ޕޯސްޓުގައި ވެއެވެ.

‏އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަމާ ހިންގަވާ.

 ޢަލީ އިޙްސާން ވިދާޅުވިއެވެ.

އިތުބާރުކުރައްވައި ހަވާލުކުރެއްވި މަތިވެރި މަސްއޫލިއްޔަތުތަކަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

މަސްތުވާތަކެތީގެ މައްސަލާގައި ގެއެއްގެ ވެރިފަރާތަށް ކުރި ހުކުމަކީ ބޮޑު ކާމިޔާބީއެއް: އިޙްސާން

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙްސާން

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް: އިޙްސާން