ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިސޯޓުތަކުން ނުދައްކާހުރި ފައިސާގެ ޢަދަދު 97 މިލިއަނުގައި

minister ameen
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރިސޯޓްތަކުން ބިމު ކުއްޔާއި، އެ ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް ނުލިބިވާ ފައިސާގެ އަދަދު 97 މިލިޔަނަށް ޑޮލަރަށް އަރާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒިޜު އަމީން ވިދާޅުވީ، ރިސޯޓް ހިންގާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޓެކްސް ނިޒާމާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ހަރަކާތްތެރިވާ ފަރާތްތައްކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކާއި، ހުއްދައާއި ނުލާ އަމިއްލައަށް ބަންދުކޮށްފައިވާ ތަންތަނުގެ ކުލި ނުދައްކާހުރިކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން މިހާތަނަށް ނުދައްކާ ހުރި ފައިސަގެ އަދަދު 97 މިލިއަނަށް ޑޮލަރަށް އަރާކަމަށް މީރާގެ ތަފާސްހިސާބުތަކާއި ހަވާލާދެއްވާ ވަޒީރު ވިދާޅުވިއެވެ.

ބައެއް ރިސޯޓްތަކުން 2013އިން ފެށިގެން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާވާކަމަށާއި، މިއީ ދިގު މުއްދަތެއްގެ ތެރޭގައި ހިނގާފައި ހުރި ތަންތަންކަމަށްވުމާއެކު އެ މައްސަލަ ހައްލުކުރަން ވަގުތު ނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެއް ނިޒާމެއްގެ ތެރެއިން ހަމަހަމައަށް ޢަމަލުކުރެވޭނެފަދަ އުސޫލުތަކެއް އެކުލަވާލާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ދޭ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް އަަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅުއަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކެބިނެޓްގެ ނިންމުމާއި އެއްގޮތަށް އެ ފައިސާ ހޯދުމަށް ކުރާ މަސައްކަތުން ކުރިއެރުންތަކެއް އެބަ ލިބޭ. އެ ރެންޓުތައް ނުލިބުމަކީ ވަރަށް ގޯސް މާހައުލެއް އުފެދިދާނެ ކަމެއް.

ފަތުރުވެރިކަމާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.

ރިސޯޓްތައް އޮޕަރޭޓްކުރަން ޖެހޭނީ ރިސޯޓް ހިންގާ ބިމަށް ދޭންޖެހޭ ކުއްޔާ، އެ ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދައްކައިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުން ނަގާ ކުއްޔަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ކުއްޔަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ރިސޯޓު، ހޮޓާ، ގެސްޓްހައުސް ނުވަތަ ޔޮޓް މެރީނާ ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މިހާރު ރިސޯޓުތަކުން ކުލި ނަގަނީ އެ ރިސޯޓެއް އޮންނަ އަތޮޅަކަށް ބަލައި، ބިމުގެ ބޮޑުމިނަށް އަކަމީޓަރަކަށް ވަކި ރޭޓަކުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR2pgB0b0AAn7aE

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށްވުމުގެ ޝަރަފް ޝީނާއަށް

Images

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

Caption

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000އަށްވުރެ ގިނަ އެނދު