ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން ނުނިމި ހުރި 161 ތަނެއްގެ މައްސަލަ ޙައްލުކުރުމަށް އަންނަ ހަފްތާގައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ ބޭއްވި އަހާ ފޯރަމްގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ރަށްރަށާއި ފަޅުތައް ތަރައްޤީކުރުމަށް ދޫކޮށްފައިވާތާ ވިހި ފަންސަވީސް އަހަރުވެފައިވާ ތަންތަންވެސް އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިރޭ މާލޭގައެވެ. މި ތަންތަން ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހުއްޓި، އެތައް ވަޒީފާއެއްގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގައި މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި މައްސަލަ ޙައްލުކުރުމަށްޓަކާ ސީޕީ ރެގިއުލޭޝަން ހަރުދަނާކޮށް، އެއްބަސްވުންތައް ނިމުމަކަށް ގެނެވޭނެ އުސޫލުތައް މިހާރު ވާނީ ގެޒެޓްކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ ޙައްޤުތައް ހޯދައިދެވި، ހުއްޓިފައިވާ މަޝްރޫޢުތަކަށް އަމަލީ ހައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ.











ކިޔުންތެރިންގެ ހިޔާލު