ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

HR1YROoaUAAYTo6
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް ކުރިން ބާއްވަން ނިންމާފައި އޮތީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓިން ބުނީ ކޮންގްރެސް ބާއްވާނީ މިފެށޭ އޮކްޓޫބަރު މަހުގެ 1 އިން 3އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީހޯލުގައިކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިދާރީ، އިބްރާހީމް ވަހީދު ވިދާޅުވީ ކޮންގްރެސް ލަސްކުރީ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަނުޖެހުމުގެ ސަބަބުންކަމަށެވެ. ކޮންގްރެސްއަކީ ޤާނޫނީގޮތުން ޕާޓީތަކުން ފުރިހަމަކުރަންޖެހޭ މުހިންމުކަމެއްކަމަށާއި ކޮންގްރެސްއަށް އެމްޑީޕީން އަބަދުވެސް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. ކޮންގްރެސް ލަސްވުމާއި ގުޅިގެން، ކޮންގްރެސްގައި ބައިވެރިވުމަށް މި މަހުގެ 20ން ފެށިގެން، އޮންލައިންކޮށް ރަޖިސްޓަރވުމަށް ފުރުޞަތު ހުޅުވާލާނެކަމަށާއި، ސެޕްޓެމްބަރ 30އިން ފެށިގެން ކޮންގްރެސްގެ ބައިވެރިންނަށް ފާސް ދޫކުރުން ކުރިއަށްގެންދާނެކަމަށް އެޕާޓީން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު މާލީ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު ނިންމުންތައް ނިންމުމަށް މަގުފަހިވަނީ 5 އަހަރުން އެއްފަހަރު ބާއްވާ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށްކަމަށެވެ. އެގޮތުން އަސާސީ ޤަވާއިދަށް ބަދަލުގެނައުމާއި، ޕާޓީގެ ކުރިމަގާމެދު ކޮންގްރެސް މެދުވެރިކޮށް މުހިންމު ނިންމުންތަކެއް ނިންމޭކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. ކޮންގްރެސްގެ މަންދޫބުންނާއި، ކޮންގްރެސްގެ ފުރިހަމަ ޑެލިގޭޝަނާއި ގުޅޭ މަޢުލޫމާތު ދެތިން ދުވަސްތެރޭގައި ހާމަކުރައްވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

ކޮންގްރެސްގައި ކުރިއަށްގެންދާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކޮންފަރެސްންގެ ތެރެއިން އިންވެސްޓްމެންޓް ފޯރަމް އެއް ބޭއްވުން ހިމެނެއެވެ. އެ ފޯރަމްގައި ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން އެމްޑީޕީ ތަމްސީލްކުރާ ކައުންސިލްތަކުގެ ބައިވެރިވުން ހިމެނޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުންވެސް އޮންނާނެއެވެ. އެމަނިކުފާނު އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 12ވަނަ ދުވަހުގައެވެ. މިއާއެކު ޕާޓީގެ ކުރިއަށްއޮތް ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ކަންކަން ނިންމާނެކަމަށް ބެލެވެއެވެ.

މިފަހަރުގެ ކޮންގްރެސްގެ ޝިއާރަކީ “ރަށްވެހި އުފެއްދުން”މިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި