ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޫސްވެރިންގެ ބައްދަލުވުމަށް އަދަދު ނޫހުން ހުރަސްއަޅައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

“ޕްރެސާ ވިތު ދަ ސްޕޯކްސް”ގެ ނަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމަށް “އަަދަދު ނޫހުން” ހުރަސް އަޅައިފިއެވެ.

ތަރުޖަމާނު މައުލޫމާތު ދެއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކަށް އެންގީ މިއަދު ހަވީރު 16:00 ގައި ދައުލަތުގެ މީޑިއާގައެވެ.

އަދަދު ނޫހާ ދެކޮޅަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިޔަކު، ނޫސްވެރިކަމުގެ އިންތަކާއި މިންތަކަށް ބޯލެނބުމެއްނެތި ސާބިތުނުހިފޭ ވާހަކަތަކެއް ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވައި ކޯޓު އަމުރަކާ ހިލާފުވުމުގެ ސަބަބުންނެވެ.

HajjCop_ads
Advertisement

މިއަދަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ކަނޑައެޅި ވަގުތު ފަހަނައަޅައި ދިޔަފަހުން ތަރުޖަމާނު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށް ހުރަސްއެޅުމަށް އަދަދު ނޫހުން ދައުލަތުގެ މީޑިއާގެ ތެރޭގައި އިތުރު “ޑްރާމާ”އެއް ކުޅެމުންދާކަމަށެވެ.

“ޕްރެސާ ވިތް ދަ ސްޕޯކްސް”އަށް ވެސް މީޑިއާތަކަށް ދައުވަތު ދެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އަމަލުކުރާ ރަސްމީ އުސޫލުގެ ތެރެއިންކަމަށްވީއިރު “އަދަދު ނޫހަށް” މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިނުވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވާ ނޫސްވެރިންގެ ނަން ފޮނުވުމަށް ރައީސް އޮފީހުގައި ގާއިމުކޮށްފައިވާ ނަންބަރަށް އަދަދު ނޫހުގެ ނޫސްވެރިއެއްގެ ނަން ފޮނުވާފައިވާކަމަށާއި އެހެންނަމަވެސް “ޕްރެސާ ވިތް ދަ ސްޕޯކްސް”ގައި ބައިވެރިވެވޭނެކަން އަންގައި ރައީސް އޮފީހުން އަދަދު ނޫހަށް ރަސްމީ އެއްވެސް ސިފައެއްގައި އަންގާފައިނުވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

“ފުރަތަމަ ނުކުތާއަކީ ގަވާއިދުގެ ތެރެއިން ކަންކަން ހިނގަމުން ދަނިކޮށް އަދަދު ނޫހުގެ ނޫސްވެރިޔާ ޕީއެސްއެމްގެ ތެރެއަށް ވަދެ އެތަނުން ދާން ދެކޮޅު ހަދާތީ، ޕީއެސްއެމްއަކީ ވަކި މުއައްސަސާއެއް، އެހެންވެ އަޅުގަނޑު މި ނިންމީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނުބާއްވަން، އިރާދަކުރެއްވިއްޔާ މި ބައްދަލު ސައްހަ ނޫސްވެރިންނާއެކު ވަރަށް އަވަހަށް ބާއްވާނަން،” ތަރުޖަމާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމާއި، މިނިވަން ނޫސްވެރިން ނޫސްވެރިންގެ ހައިސިއްޔަތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ފުރުސަތު އަދަދު ނޫހަށް ނުދެއްވާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރައްވާނެކަމަށެވެ.

އަދަދު ނޫހުން ހުރަސްއެޅުމާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށް އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު