އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ހާއްސަ ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.
'ޕެސެޖް އެކްސަސައިޒް' ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް 'ޢިމާދުއްދީން' އެވެ.
Maldives National Defence Force@MNDF_Officialއެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނާއި އިންޑިއާ ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަން ގުޅިގެން އެކްސަސައިޒެއް ކުރިއަށްގެންގޮސްފި
mndf.gov.mv/mndf/en/news-a…

މިއަދު ކުރިއަށްގެންދިޔަ މި ތަމްރީނުގެ ޒަރިއްޔާއިން، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މެރިޓައިމް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔަ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި މި ތަމްރީނު ހަރަކާތަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމާއި، ގާތް މެރިޓައިމް ގުޅުމުގެ ރަމްޒެކެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ކޯސްޓްގާޑަކީ، ސަރަޙައްދީ ކަނޑުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ޓަކައި، މި ސަރަޙައްދުގެ މެރިޓައިމް ޕާޓްނަރުންނާ އެކު ގުޅުން ބަދަހިކުރުމުގައި އަބަދުވެސް ދެމިތިބި ބައެއް ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.