‏ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، މިހާތަނަށް 31 ތަނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަަށް އެންޑީއެމްއޭ އިން ބުނެފި އެވެ.

‏މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި މާލޭގެ 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމް.ޓީ.ސީ.ސީ އަދި އެޗް.ޑީ.ސީ ގުޅިގެން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

‏މީގެއިތުރުން، ފެނުގެ އަސަރުކޮށްގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށް ބުންޏެވެ. އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް ވަނީ މާލެ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފަަ އެވެ.

އެ އޮތޯރިޓީން ބުނީ ‏ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، މިހާތަނަށް 31 ތަނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަަށެވެ. އަދި ބާކީ ހުރި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުން ކަމަށް ވެސް ބުންޏެވެ.