ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ ގޮތުގައި މި މައްސަލައިގައި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެއައި ނޭޕާލުގެ ދެ ފަސިންޖަރުންނެވެ. އެ ދެ މީހުން ހިފަހައްޓާފައިވަނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެމީހުންނާ ސުވާލުކޮށް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 708.2 ގުރާމްގެ ހެރޮއިންއާއި، 424 ގުރާމްގެ ކޮކެއިންގެ އިތުރުން 51.6 ގުރާމްގެ މޯފިންކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ޒަމާނީ އުކުޅުތަކާއި ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން އުޅޭ މިފަދަ ތަކެތި ދެނެގަނެ، އަތުލައިގަންނަ މިންވަރު މިހާރު އިތުރުކުރެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.