ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ 21 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.

ކަސްޓަމްސްއިން ވަނީ މިމަހުގެ 15 ވަނަ ދުވަހުވެސް ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.

އިޝްތިހާރު އިޝްތިހާރު

މަސްތުވާތަކެއްޗާ ދެކޮޅަށް މިއަހަރު ހިންގި ތަފާތު އޮޕަރޭޝަންތަކުގައި މިއަހަރުގެ ޖުލައިގެ ނިޔަލަށް 1400އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލާގަނެފައެވެ.