ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ވެރިކަމުގައި އޭއީއެޗް އަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް މާކެޓު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހޯދި: އޮޑިޓް

Addu Equatorial Hospital (AEH)
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
STO_Ads
Maldivian_Ads
TTH_Ads
Advertisement

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް މާކެޓު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހޯދައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކުގެ ސަބަބުން ދައުލަތަށް މިލިއަނުން ގެއްލުންވެފައިވާ ކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޭއީއެޗްގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލައި އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ބާޒާރުގެ އަގުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ބޮޑެތި އަގުތަކުގައި ތަކެއްޗާއި ހިދުމަތްތައް ވަނީ ހޯދާފައެވެ. އެގޮތުން، އެންމެ 34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް، މާކެޓް އަގު ކަށަވަރުކުރުމެއް ނެތި 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ގަނެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އާ ވޭނެއް ގަތުމަށް ފުރަތަމަ ހަވާލުކުރި ފަރާތާއެކު ހެދި އެއްބަސްވުން އުވާލުމަށްފަހު، އަލުން އިއުލާން ކުރުމަކާ ނުލައި ފުރަތަމަ ހުށަހެޅި އަގަށް ވުރެ 583،000 ރުފިޔާ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އަދި ކުއްޔަށް ނެގި ތިން ކޮޓަރިއެއް އެއްވެސް ވަރަކަށް ބޭނުން ނުކޮށް، ކުލީގެ ގޮތުގައި 165،000 ރުފިޔާ ހަރަދުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޑިޒައިންތަކަށް 827,860 ރުފިޔާ ހަރަދުކުރި ނަމަވެސް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އަދި މުއްދަތަށް މަސައްކަތް ނުނިމުމުން އުނިކުރަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖެސްވެސް އުނިކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ހަތަރު ޑަޔަލިސިސް މެޝިން ރެންޓަލް ބޭސިސްގައި ހޯދުމާއި އޭސީ މަރާމާތުކުރުމުގެ މަސައްކަތްތައް ހަވާލުކުރުމުގައި ޓެންޑާ ބޯޑުގެ ހުއްދަ ހޯދާފައެއް ނުވެއެވެ.

ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި، ކިއު ސިސްޓަމަށް ބޭނުންވާ ޕްރިންޓާ ރޯލް ހޯދުމުގައި ކުޑަ އަގެއް ހުށަހެޅި ސަޕްލަޔަރު ދޫކޮށްލައި، ބޮޑު އަގުގައި ކުރިން ތަކެތި ފޯރުކޮށްދިން ފަރާތުން ތަކެތި ގަނެފައިވާ ކަން ވަނީ ފާހަގަވެފައެވެ. އަދި ހޮސްޕިޓަލަށް ހިދުމަތްދޭ ސަޕްލަޔަރުންގެ އަތުން ތަމްރީނުތަކަށާއި ހަރަކާތްތަކަށް ޑޮނޭޝަން ހޯދައި، ގަވާއިދާ ހިލާފަށް ވަކި ފަންޑުތައް ހަދައިގެން ފައިސާ ހަރަދުކޮށްފައިވާ ކަންވެސް ރިޕޯޓުގައިވެއެވެ.

އޮޑިޓަ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެހެން ހޮސްޕިޓަލުގެ މާލީ ނިޒާމު ހަރުދަނާކޮށް އިސްލާހީ ފިޔަވަޅުތައް އަވަހަށް އަޅަން އަންގަވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު