މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އިސްތިއުފާދެއްވި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާ ތަމްސީލުކުރެއްވި އަހުމަދު އަބްދުﷲ އިސްތިއުފާދެއްވާފައި މިވަނީ އެމްޑީޕީގެ ރައީސްކަމުން އަބްދުﷲ ޝާހިދު ވެސް އިސްތިއުފާދެއްވާފައި ވަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ޝާހިދު އިސްތިއުފާދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހުއެވެ.

އަހުމަދު އަބްދުﷲ އަކީ އަބްދުﷲ ޝާހިދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އަދި ޝާހިދުގެ ކެމްޕޭނު ހަރަކާތްތަކުގައި ވެސް އަހުމަދު އަބްދުﷲ އިސް ސަފުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.