ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި

43
STO_Ads
TTH_Ads
Advertisement

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ނިންމަވައިފިއެވެ. މިއީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެ ޕާޓީގެ ކޮންގްރެސް އިންތިހާބާ ދިމާކޮށް ޝިޔާމް ނިންމެވި ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީއެންސީއަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ހަތް ބޭފުޅަކު ވަނީ ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، އެކަމަނާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް މި ރޭހުގައި ވާދަކުރައްވައެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން އެ ޕާޓީގެ ކޮންގްރެސްގައި ނައިބު ރައީސްކަމުގެ މަގާމަށް ހޮވަން ޖެހެނީ ޖުމުލަ ހަ ބޭފުޅުންނެވެ. އެހެންކަމުން، މިހާރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ އަދަދު ހައަކަށް ވުރެ އިތުރުވުމާ ގުޅިގެން، މި މަގާމުތަކަށް ބޭފުޅުން ހޮވުމަށްޓަކައި ކޮންގްރެސްގައި ވޯޓަކަށް ދާން ޖެހޭނެއެވެ. މި އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން މިނިސްޓަރު މުހައްމަދު ސައީދާއި، މުހައްމަދު ހުސައިން ޝަރީފާއި، އިބްރާހީމް ޝުޖާއު އަކީ މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ. މިނިސްޓަރު ޝިޔާމް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރެއްވުމާ ގުޅިގެން، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އޭނާއަށް ތާއީދު ހޯދުމުގެ ކެމްޕެއިން ހަރަކާތްތައް މިހާރު ވަނީ ފެށިފައެވެ.

HajjCop_ads
Advertisement

ކޮންގްރެސް އިންތިހާބު ބާއްވާނެ ސީދާ ވަކި ތާރީހެއް ޕާޓީގެ އިދާރާއިން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް، އިންތިހާބުގެ ތައްޔާރީތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. އެގޮތުން ދާދި ފަހުން ޕީއެންސީން ވަނީ އެ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އެތެރޭގެ އިންތިހާބު ކާމިޔާބުކަމާއެކު ބާއްވާފައެވެ. އެ އިންތިހާބުގައި އެކި ދާއިރާތަކުން 2،500 އަށް ވުރެ ގިނަ މަގާމުތަކަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. މި ކުރިއެރުންތަކާއެކު ކުރިއަށް އޮތް ކޮންގްރެސް އިންތިހާބަކީ ޕާޓީގެ އެތެރޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކަށް ޕާޓީގެ މިސްރާބު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިހާބެއް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

Igmh

ހުޅުމާލޭގައި ތަރައްގީކުރާ ކަންނެލި ޕެކިން ފެކްޓަރީ 18 މަސްތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

HNKVNkwbkAAt7bN

މަސްވެރި ސިޔާސަތުގެ ހެޔޮ ނަތީޖާއާއެކު މިފްކޯއަށް މަސްގަންނަން ދެމުން އައި ސަބްސިޑީ ކަނޑާލައިފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް