ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްފަހަރާ 2000 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ފެށޭނެ

STO_Ads
TTH_Ads
Advertisement

މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށްވުރެ ގިނަ މަޝްރޫޢު އެއްފަހަރާ ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ހާމަކުރައްވައިފިއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަންގައި ކުރީގެ ސަރުކާރުން ހުއްޓިފައިވާ މަޝްރޫޢުތަކާއި، މިހާރުގެ ސަރުކާރުން ފަށާފައިވާ އަދި އަލަށް ފަށަން ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ދިރާސާކުރެވުނު ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެވެމުންދާތީ، މަޝްރޫޢުތަކުގެ ސްޕީޑު އަވަސްކުރުމާއި، ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ނިންމާނެ މުއްދަތުތައް ކަނޑައެޅުމުގެ މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ކުރެވުނު ކަމަށެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް މުޢިއްޒަކީ ވަޢުދުތައް ފުއްދަވާ ބޭފުޅެއްކަމާއި، އެ ވަޢުދުތައް ތަންފީޒުކުރެއްވުމަށް ބާރުދުވެއްޔެއްގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

“2025 ވަނަ އަހަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ ހިންގާނެ އަހަރުކަން މިއަދު އަޅުގަނޑުމެންނަށް ޔަޤީންވެގެން ހިނގައްޖެ. އެއްފަހަރާ 2000 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ފެށިގެންދާނެކަންވެސް މިއަދު އެނގިގެންދިޔަ,” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބައެއް ފަރާތްތަކުންތަކުން ބުނަމުންދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މާލީ އަދި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ މިހާރު ވަނީ ސަލާމަތުގެ އައްސޭރިއަކަށް އާދެވިފައި ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލޭގައި ތަރައްގީކުރާ ކަންނެލި ޕެކިން ފެކްޓަރީ 18 މަސްތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

HNKVNkwbkAAt7bN

މަސްވެރި ސިޔާސަތުގެ ހެޔޮ ނަތީޖާއާއެކު މިފްކޯއަށް މަސްގަންނަން ދެމުން އައި ސަބްސިޑީ ކަނޑާލައިފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

Io

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލާނެ