ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ހަމާސްގެ ފަރާތުން ބައިވެރިވެވަޑައި ގެންނެވި އިސް މަންދޫބު ޣާޒީ ހަމަދު ވ
TTH_Ads
STO_Ads
Maldivian_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ފެށޭނީ، ފުރަތަމަ ފިޔަވަހީގައި ކުރަން ކަނޑައެޅި ކަންކަން އިސްތިއުމާރީ ދައުލަތުން ފުރިހަމަ ކުރުމުން ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްއިން މިކަން ހާމަކޮށްފައިވަނީ، ދެވަނަ ފިޔަވަހި ފުރިހަމަ ކުރުމަށް އެކަށައެޅި ރޯޑްމެޕްގެ ދެލިކޮޕީއަށް އެއްބަސްވުމަށް ފަހުގައެވެ.

މި ފިޔަވަހީގައި، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި، ޣައްޒާގެ ވެރިކަން މިނިވަން ކޮމިޓީއަކާ ހަވާލުކުރުންވެސް ހިމެނެއެވެ.

HajjCop_ads
Advertisement

ދެވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ ރޯޑްމެޕެއް އެކަށައަޅާފައި މިވަނީ އެމެރިކާ، ގަތަރު، ތުރުކީ އަދި މިސްރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

ހަމާސްގެ އިތުރުން، ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކުންވެސް ވަނީ، ރޯޑްމެޕްގައި ހިމެނޭ ކަންކަމަށް އެއްބަސްވެފައެވެ.

އެހެން ނަމަވެސް، ހަމާސްއިން މިއަދު ބުނެފައިވަނީ، ފުރަތަމަ މަރުހަލާގެ ދަށުން ފުރިހަމަ ކުރުމަށް އިސްރާއީލުން ވެފައިވާ ހުރިހާ ވައުދުތަކެއް ނުފުއްދާހާ ހިނދަކު ދެވަނަ މަރްހަލާ ތަންފީޒުކުރުން ކުރިއަށް ނުދެވޭނެ ކަމަށެވެ.

ހަމާސްއިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، އިސްތިއުމާރީ ސިފައިން ޣައްޒާއިން ފޭބުން އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަން ކަމަށެވެ.

މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން ބައިވެރިވެވަޑައި ގެންނެވި އިސް މަންދޫބު ޣާޒީ ހަމަދު ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޣައްޒާގެ ބިމުގެ 53 އިންސައްތަ ބިމުން އިސްތިއުމާރީ ސިފައިން ނުފައިބާނަމަ ހަތިޔާރު ބެހެއްޓުމުގެ އެއްވެސް ވާހަކައެއް ހަމާސްއިން ނުދައްކާނޭ ކަމަށާއި، އަދި އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމަކަށް އަމަލު ނުރާނޭ ކަމަށެވެ.

ހަމާސްއިން ހަތިޔާރު ބަހައްޓަން އެއްބަސް ވެއްޖެ ކަމަށްބުނެ އެމެރިކާގެ ރައީސާއި، ދުނިޔޭގެ ގައުމުތަކުން އެކަމަށް އުފާކޮށް މަރްހަބާ ކިޔަމުން ގެންދާއިރު، އިސްތިއުމާރީ ދައުލަތުން ގެންދަނީ ރޯޑްމެޕާ ދެކޮޅު ހަދަމުންނެވެ. އޭގައި ހިމެނޭ ބައެއް މާއްދާތަކާ ދެކޮޅު ހަދާނޭ ކަމަށް ބުނަމުންނެވެ.

ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމާވެސް ޚިލާފްވަނީ އިސްތިއުމާރީ ދައުލަތުންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރަން ކަނޑައެޅި ގިނަ ކަންކަން އެމީހުން ފުރިހަމައެއް ނުކުރިއެވެ. ދެވަނަ ފިޔަވަހި ފުރިހަމަ ކުރަން ޕްލޭނެއް ހެދިނަމަވެސް އެޔާ ދެކޮޅުހަދައި ފެއިލްކޮށްލާނީ އިސްރާއީލުންކަން މިހާރުވެސް ދަނީ ހާމަވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި