ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާތާ 1،000 ދުވަސް!، ހާލަތު އިތުރަށް ގޯސްވަނީ

ޣައްޒާގެ މަންޒަރެއް:
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ ދައުލަތުން ޣައްޒާގެ ނަސްލުނައްތާލަން މުޅި ޣައްޒާއަށް އުދުވާނީ ހަމަލާތައް ދެމުންގެންދާތާ މިއަދަށް އެއްހާސް ދުވަސް ވެއްޖެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދިނުމުން ކަމަށްބުނެ ޣައްޒާގެ އެތަން މިތަނަށް ޖެޓުތަކުން ވަރުގަދައަށް ބޮންއަޅައި، މިސައިލުން ހަމަލާދީ އަދި ޑްރޯން ބޭނުންކޮށްގެން ޓެރަރިސްޓު ހަމަލާތައް ހުއްޓާނުލާ ދެމުން ގެންދާއިރު، މިވީ މުއްދަތުގެ ތެރޭގައި ޝަހީދުކޮށްލި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 73،000 އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.

އަދި ޣައްޒާގައި ބޮންއަޅައި ވައްޓައި ބިމާހަމަކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ އަދަދު 11،000 އަށް އަރައެވެ.

MMA_Ads
HajjCop_ads
Advertisement

އިސްތިއުމާރީ ޓެރަރިސްޓުން އެއްގަމުމަގުން ޣައްޒާއަށް އަރައިގަނެ އަނިޔާވެރި ގޮތެއްގައި ހިނފައި ހައްޔަރުކޮށްގެން ގެންދިޔަ އެތައްހާސް އާންމުންގެ އެއްވެސް ޚަބަރެއް ނުވެއެވެ.

އިސްތިއުމާރީ ސިފައިން ޣައްޒާއިން ޝަހީދުކުރި އަދި ޒަޚަމްކޮށްލި މީހުންގެ ތެރެއިން 75 އިންސައްތަކީ ތުއްތު ކުދީންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުވެ، އެތައްހާސް ކުޑަކުދީން ގެއްލިފައި ވެއެވެ.

ނުވިތާކަށް، އިސްތިއުމާރީ ސިފައިން ހިންގި ހަނގުރާމައިގެ ޖަރީމާތަކާއި، ގަތުލުއާންމުތަކަށްފަހު ފައިބައިގެންދިޔަ ޣައްޒާގެ އެތައް ހިސާބަކުން ބޮޑެތި ކަށްވަޅުތައް ފެނިފައި ވެއެވެ. ކަށްވަޅުތަކުން ފެނިފައިވާ ގިނަ މީހުން ތިބީ ދެއަތް ފަހަތަށްލައި ބަނދެ އަދި ކަނުބަނދެ ބޮލަށް ބަޑިޖަހައިގެން މަރައިފައެވެ.

އިސްތިއުމާރީ ޓެރަރިސްޓުންގެ ހަމަލާތަކުގައި ޣައްޒާގެ ގެތަކާއި އިމާރާތްތަކުގެ 90 އިންސައްތަ އެއްކޮށް ސުންނާފަތިކޮށް ބިމާހަމަ ކޮށްލާފައިވާއިރު، ޣައްޒާގެ ބިމުގެ 70 އިންސައްތައަށް އިސްތިއުމާރީ ސިފައިން މިހާރުވަނީ ވެރިވެގެންފައެވެ. އަދި ޣައްޒާގައި މިހާރު ބަކީތިބި މީހުން ޝަހީދުކޮށް. އިތުރު ބިންތައް އިސްތިއުމާރު ކުރަމުންވެސް އެބަ ގެންދެއެވެ.

ޣައްޒާގެ އުތުރުން، ބައިތު ލާހިޔާއާއި، ގާޒާ ސިޓީން ފެށިގެން ޣައްޒާގެ މެދުތެރެއިން ނުސައިރަތު ރެފިއުޖީ ކޭމްޕާއި، އެހެން ރަށްތަކާއި، އަދި ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް މިހާރުވެސް ވަރުގަދައަށް ބޮންއަޅައި އެތައް އާންމުން ޝަހީދު  ކުރަމުން އެބަ ގެންދެއެވެ.

ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ބޯހިޔާވަހިކަން ހޯދައިގެން ތިބޭ ޓެންޓުއަވަށްތަކަށް ކެނޑިނޭޅި ގެންދަނީ ބޮންއަޅައި އަދި ބޮޑުބަޑީގެ ހަމަލާތައްވެސް ދެމުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް މެދުވެރިވެގެން އިސްތިއުމާރީ ދައުލަތާއި ހަމާސްއާ ދެމެދު އެއްބަސްވި ދެވަނަ އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަމަލާތައް ދިނުން ހުއްޓާލި ނަމަވެސް، އިސްތިއުމާރީ ސިފައިންގެ ހަމަލާތައް ނުހުއްޓައެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް ހާހަކަށްވުރެ ގިނަމީހުން ޝަހީދު ކޮށްލާފައި ވާއިރު، އެއްބަސްވުމުގައި އިސްރާއީލުން ކުރަން ކަނޑައެޅި އެއްވެސް ކަމަކަށް އަމަލެއް ނުކުރެއެވެ.

ހަމަލާތައް ހުއްޓާނުލާއިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ އެހީ އެތެރެކުރަންވެސް އިސްތިއުމާރީ ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ހައިރާންވާޖެހޭ ކަމަކީ މިހުރިހާކަމެއް ހިނގަމުންދަނީ ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރީގައި ކަމެވެ. އެކަމަކު، އިސްރާއީލު ހުއްޓުވަން އާރުލާ މަސައްކަތެއް އެއްވެސް ބަޔަކު ކުރާތީއެއް ނުފެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން- އެމެރިކާ މަޝްވަރާތައް “ވަރަށް ރަނގަޅަށް” ކުރިއަށް އެބަދޭ: އެމެރިކާގެ ރައީސް ޓްރަމްޕް

ޣައްޒާގައި ރޭގައިވެސް ބޮޑު ގަތުލުއާންމެއް ހިންގައިފި، އިސްތިއުމާރީ ސިފައިންގެ އުދުވާނު ހައްތަހާ ފުޅާކުރަނީ

އެމެރިކާއާއި އީރާނާ ދެމެދު މާދަމާ ފަށަން ތާވަލް ކޮށްފައިއޮތް ވާހަކަތައް ކެންސަލް ކޮށްފި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ