ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ނަތަންޔަހޫ
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިސްރާއީލުގެ ބޮޑުވަޒީރުގެ މަގާމުގައި އޭނާ ހުރިހާ ހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނޭ ކަމަށް، އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ، އޭނާގެ ހަށުކަށި ސަރުކާރުގެ ކެބިނެޓު ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

ނަތަންޔާހޫ ބުނީ، އޭނާ ބޮޑުވަޒީރަކަށް ހުރިހާ ހިނދަކު ޣައްޒާގައިވެސް އަދި ހުޅަނގު އައްސޭރީގައިވެސް ފަލަސްތީނުގެ ދައުލަތެއް ނުއުފެއްދޭނޭ ކަމަށެވެ.

HajjCop_ads
Advertisement

ނަތަންޔާހޫ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދި ބޯޑް އޮފް ޕީސްއިން ހުށަހަޅާފައިވާ 15 ނުކުތާ ހިމެނޭ ޣައްޒާ ސުލްހައިގެ ޕްލޭނާ ދެކޮޅު ހަދާކަން ރަސްމީކޮށް ހާމަކޮށްފައެވެ.

ބޯޑް އޮފް ޕީސްއިން ހުށަހަޅާފައިވާ ރޯޑްމެޕަށް ހަމާސްއިން އެއްބަސްވެފައި ވާއިރު، މިއީ، މި ރޯޑްމެޕަށް ނަތަންޔާހޫ ފާޅުގައި ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ.

ހަމާސްއިން މިއަދު އާންމުކުރި ބަޔާނެއްގައި، ބޯޑް އޮފް ޕީސްގެ ރޯޑްމެޕް ފުރިހަމައަށް ތަންފީޒުކުރުމަށް މީޑިއޭޓަރުންނާއި، ބައިނަލްއަގްވާމީ އެހެން ފަރާތްތަކަށްވެސް ގޮވާލާފައި ވެއެވެ.

ރޯޑްމެޕްގައި ހިމެނޭގޮތުގެމަތިން އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، އިސްތިއުމާރީ ސިފައިން ޣައްޒާއިން ބޭލުމަށާއި، ޣައްޒާއަށް ވަދެނުކުންނަ ދޮރާށިތައް ހުޅުވާލައި، އިންސާނީ އެހީއާއި، ޓެންޓުތަކާއި، އަދި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު އެތެރެކުރަން ފެށުމަށް ހަމާސްއިން ގޮވާލާފައި ވެއެވެ.

ޓްރަމްޕްގެ ރޯޑްމެޕް ފުރިހަމައަށް ތަންފީޒު ކުރުމަށް ހަމާސްގެ ފަރާތުން ފުރިހަމަ ތާއީދާއި އެއްބާރުލުން ދޭނޭ ކަމަށާއި، ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނޭ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.

އެކަމަކު، މުޖުރިމު ނަތަންޔާހޫ މިއަދު ބުނީ، ހަމާސްއިން ހުރިހާ ހަތިޔާރެއް ބެހެއްޓުމުން ނޫނީ، ޣައްޒާއިން އިސްރާއީލު ސިފައިން ނުބާލާނޭ ކަމަށެވެ. އެމެރިކާގެ ރައީސް އެންގިޔަސް އެކަން ނުކުރާނޭ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

އިސްރާއީލުގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން ބުނަނީ، މިއީ، ނަތަންޔާހޫ ދެއްކި ސިޔާސީ މަންފާ ލިބިގަތުމުގެ ވާހަކަތަކެއް ކަމަށާއި، ޓްރަމްޕްގެ ޕްލޭނާ ނަތަންޔާހޫ ދެކޮޅުހެދީ އޮކްޓޫބަރު މަހު ބާއްވާ އިންތިޚާބަށް އާންމުންގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ