ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދިޔަނުދޭން ނަތަންޔާހޫ ކުރެވުނުހާކަމެއް ކުރަނީ

މުޖުރިމު ނަތަންޔާހޫ: މަގާމުގައި ދެމިހުރުމަށް ހަނގުރާމަކުރުން ނޫން އެހެންމަގެއް އޭނާއަކަށް ނުފެނޭ
STO_Ads
TTH_Ads
Advertisement

އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިޔަނުދޭން އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ، އޭނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަމުންދާ ކަމަށް، އިސްރާއީލުގެ މީޑިއާ ވަސީލަތްތަކާއި، ބައިނަލްއަގްވާމީ މީޑިއާއިންވެސް ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

ނަތަންޔާހޫ އެންމެ ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅޭ އެއްކަމަކީ، އީރާނާއެކު އެއްބަސްވުމެއް ހެދުމަށް ކުރެވޭ މަޝްވަރާތަކުގައި އިސްރާއީލު އެކަހެރިކޮށްފައި ވުމެވެ. އިސްރާއީލުގެ ލަފާ ނުހޯދައި އެމެރިކާގެ ރައީސް ކަންކަން ނިންމަމުންދާތީއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމައަށް ނުކުތީ އެމެރިކާއާއި އިސްރާއީލު ގުޅިގެން ކަމަށާއި، ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހަދާނަމަ އެކަމުގައި އިސްރާއީލު ބައިވެރި ކުރަން ޖެހޭނޭ ކަމަށް ނަތަންޔާހޫ ގަބޫލުކުރާ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

MMA_Ads
HajjCop_ads
Advertisement

އަދި ނަތަންޔާހޫ ބައިވެރިނުކޮށް އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ޓްރަމްޕް ކުރިއަށް ގެންދާތީއާއި، މިހާރު އެކުލަވާލާފައިވާ ދެލިކޮޕީގައި ހުރި ކަންކަމަށްވެސް ނަތަންޔާހޫ ވަރަށް ބޮޑަށް ނުރުހިފައިވާ ކަމަށް، މީޑިއާ ވަސީލަތްތަކުން ބުނެއެވެ.

ނަތަންޔާހޫ ހިތްހަމަނުޖެހިގެން އުޅޭ އެއްކަމަކީ، އީރާނާއެކު ހަދާ އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ވާހަކަ އެއްވެސް ވަރަކަށް ނެތުމުންނެވެ. އެމެރިކާއިން އީރާނާ ވާހަކަ ދައްކަން ބޭނުންވެގެން އުޅެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުންނެވެ.

އީރާނާއި އެމެރިކާއިން މިހާތަނަށް އެއްބަސްވެފައި ހުރި ކަމާ ގުޅިގެން އިސްރާއީލު މީޑިއާވެސް ޕެނިކްވެފައިވާ ކަމަށް، ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްތިއުމާރީ ދައުލަތުގެ އަސްކަރިއްޔާގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި، އިދިކޮޅު ލީޑަރުންވެސް މިހާރު ގެންދަނީ، ޓްރަމްޕް ހަދަންއުޅޭ ޑީލް ބްލޮކްކުރަން ނަތަންޔާހޫއަށް މަޖުބޫރުކުރަމުންނެވެ.

އެކަމަކު، އީރާނާއެކު އެއްބަސްވުމެއް ހެދުން ހުއްޓުވުމުގައި ޓްރަމްޕްގެ މައްޗަށް ނަތަންޔާހޫއަށް އޮތް ނުފޫޒު މިހާރު ކުޑަވެފައިވާ ކަމަށް، ޚުދު އިސްރާއީލުގެ އޮފިޝަލުންވެސް ބުނަމުން އެބަ ގެންދެއެވެ.

ޔަހޫދީ ލޮބީ ގްރޫޕްތަކުން ފަންޑުކޮށްގެން އެމެރިކާގެ ކޮންގްރެސްއަށް ހޮވާފައިތިބި ޒަޔަނިސްޓު މެމްބަރުންވެސް ގެންދަނީ، ޓްރަމްޕަށް ބިރުދައްކައި، ޕްރެޝަރ ކުރަމުންނެވެ.

އީރާނާއެކު ހަދާ އެއްބަސްވުމުގެ ދެލިކޮޕީއަކަށް ގާތްގަނޑަކަށް އެއްބަސް ވެވިއްޖެކަމަށް ބުނެ އެކަން އިއުލާން ކުރަން ތައްޔާރުވުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް، އެކަން މަޑުޖައްސާލީވެސް އެތެރޭގެ ޕްރެޝަރ ބޮޑުވެގެންނެވެ.

އެރޭ ވައިޓް ހައުސްގެ ބޭރުގައި މީހަކު ބަޑިޖެހާފައިވަނީ ޓްރަމްޕް ވައިޓް ހައުސް ތެރޭގައި ހުއްޓައެވެ. މިއީ، ނަތަންޔާހޫ ޓްރަމްޕަށް ދިން އިންޒާރެއް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް