ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

މެދުއިރުމަތީގެ ގައުމުތަކަށް އެމެރިކާ ރައްޔިތުން ދަތުރު ނުކުރުމަށް، އެމެރިކާގެ ޚާރިޖިއްޔާއިން މުޅި މެދުއިރުމައްޗަށް އިންޒާރު ނެރެފިއެވެ.

މިކަމުގެ އިންޒާރުތައް ކުރިން ނެރުނީ، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެމްބަސީތަކުންނެވެ. އެގޮތުން، ޔޫއޭއީ، ގަތަރު، އުމާން، އިރާގު، އުރުދުން، އިސްރާއީލު، ކުވައިތު، ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި މިސްރުގައި ހުންނަ އެމެރިކާ އެމްބަސީތަކުން ކުރިން އިންޒާރު ނެރެފައި ވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން އެންމެފަހުން ނެރުނު އިންޒާރުގައި، އެމެރިކާ ރައްޔިތުން މެދުއިރުމައްޗަށް ދަތުރު ނުކުރުމަށާއި، އަދި މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ތިބި އެމެރިކާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ފުރުމާމެދު ވިސްނުމަށް އިލްތިމާސް ކޮށްފައި ވެއެވެ. ނުވަތަ ސަރަހައްދުގެ ހާލަތު ގޯސްވެއްޖެނަމަ ވަގުތުން ފުރަން ތައްޔާރުވެ ތިބުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.

HajjCop_ads
Advertisement

އެމެރިކާ ޚާރިޖިއްޔާގެ އިންޒާރު މިއައީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ވަގުތެއްގައެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލުންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އެމެރިކާއާއި އިސްރާއީލުން ވައިގެ ހަމަލާތައް ދޭން އުޅެނީ އީރާނުގެ އިންޖީނުގެތަކަށާއި، ހަކަތައާ ގުޅުންހުރި ތަންތަނާއި، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އިންޒާރުތަކަށް ރައްދުދެމުން އީރާނުންވަނީ، އީރާނަށް ހަމަލާ ދީފިނަމަ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހަދާފައިވާ ގައުމުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނޭ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

އީރާނުން ރައްދު ހަމަލާތައް ދޭނޭ ތަންތަނުގެ ލިސްޓެއް އީރާނުގެ އިންގިލާބީ ލަޝްކަރުން އާންމުކޮށްފައި ވާއިރު، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު އޮންނަ ހަކަތައިގެ އެއްވެސް ތަނެއް ސަލާމަތް ނުވާނޭ ކަމަށް އީރާނުންވަނީ އަންގާފައެވެ. އަދި އިސްރާއީލުގެ ހުރިހާ ގޭސްދަނޑުތައްވެސް ގޮއްވާލަން އީރާނުންވަނީ ލިސްޓް ކޮށްފައެވެ.

އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި މެދުއިރުމަތީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އީރާނާ ގުޅިފައިވާ ގްރޫޕްތަކުން ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށްބުނެވެސް އެމެރިކާ ސަރުކާރުން، އެމެރިކާ ރައްޔިތުންނަށް އިންޒާރުގެ އިލްތިމާސް ނެރެފައި ވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި