ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނަށް އަލުން ހަމަލާދޭން ފަށަން އެމެރިކާއާއި އިސްރާއީލު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރެނީ

TTH_Ads
STO_Ads
Advertisement

އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން ހަމަލާތައް ދޭން ފަށަން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ދުނިޔޭގެ މީޑިއާ ވަސީލަތްތަކާއި، އެމެރިކާގެ މީޑިއާގައިވެސް ފެތުރެމުން އެބަދެއެވެ.

މިކަމާ ގުޅޭ ވާހަކަތައް އެމެރިކާގެ ބައެއް މިނިވަން މީޑިއާ ވަސީލަތްތަކުން ހާމަކުރަމުން ގެންދަނީ، ތަޖުރިބާކާރުންގެ ވާހަކަތަކަށް ބިނާކޮށްގެންނެވެ. ތަޖުރިބާކާރުން އެ ވާހަކަތައް ދައްކަމުން ގެންދަނީ ދެފަރާތުން ފެންނަމުންދާ ނިޝާންތަކާ ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައިވަނީ އީރާނަށް ހަމަލާ ދިނުމާ ގުޅޭގޮތުން އޭނާގެ ސަރުކާރުގެ ވެރިންނާ ސިއްރު މަޝްވަރާތަކެއް ކޮށްފައެވެ. އެ މަޝްވަރާތަކަށްފަހު އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތު ބުނެފައިވަނީ، އީރާނަށް ހަމަލާ ދޭން ޖެހިއްޖެނަމަ އެކަން ކުރަން އެމެރިކާއިން ރޭވުންތައް ރާވާފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އީރާނަށް ހަމަލާ ދިނުމުގައި ބައިވެރިވާ އިސްރާއީލުންވެސް ވަނީ އެފަދަ އިޝާރާތެއް ކޮށްފައެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމުގެކުރިން އެމެރިކާ ސިފައިންގެ ފަރާތުން ފެނުނު މަންޒަރުތަކެއް އިއްޔެއާއި މިއަދު ތަކުރާރުވަމުންދާކަން މަސްރަހް ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

އެއްކަމަކީ، އެމެރިކާ އަސްކަރިއްޔާގައި ބޭނުންކުރާ ބޮޑެތި މަތިންދާ ބޯޓުތައް، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، ޔޫރަޕްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ފޮނުވަން ފެށުމެވެ. އިއްޔެއާއި މިއަދު އެތައް ބޯޓެއް ގޮސްފައި ވެއެވެ. މިއީ، ފެބްރުއަރީ 28 ގެ ކުރިންވެސް ހިނގި ކަމެކެވެ.

އީރާނަށް ބޮންއެޅުމަށް އެމެރިކާއިން ބޭނުންކުރި އެންމެ ވަރުގަދަ ބޮންއަޅާ ބޯޓުތަކާއި، ފައިޓަރ ޖެޓުތަކާއި، ވައިގެތެރޭގައި ޖެޓުތަކަށް ތެޔޮ އަޅައިދޭ އަސްކަރީ މަތިންދާ ބޯޓުތައްވެސް ސަރަހައްދަށް ޖަމާކުރަމުންދާކަން ފާހަގަ ކުރެއެވެ.

ހަނގުރާމަމަތީ ޖެޓުތަކާއި، ހެލިކޮޕްޓަރުތައް އުފުލާ އަސްކަރީ ބިޔަ މަނަވަރުތަކާއި، ސިފައިންގެ ލަޝްކަރުތައް އަރަބި ކަނޑުގައި އަދިވެސް ގާއިމްކޮށްފައިވާއިރު، އެމެރިކާގެ ރައީސް އިއުލާން ކޮށްފައިވާ ބްލޮކޭޑް ދަމަހައްޓަން އެމީހުން އަދިވެސް ގެންދަނީ ބޯޓުފަހަރަށް ހުރަސް އަޅަމުންނެވެ.

ކަށަވަރު ނުވާ ރިޕޯޓްތައް ބުނަނީ، އެމެރިކާއާއި އިސްރާއީލުގެ އިތުރުން، އީރާނަށް އަސްކަރީ ހަމަލާތައް ދިނުމުގައި ޔޫއޭއީވެސް މިފަހަރު ސީދާގޮތުން ބައިވެރިވާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ބުނެފައިވަނީ، އީރާނުން ވީހާވެސް އަވަހަކަށް އެއްބަސްވުމެއް ނުހަދައިފިނަމަ އީރާނަށް ކަންތައްތައް ވަރަށް ގޯސްވާނޭ ކަމަށެވެ. އެކަމަކު، އީރާނުގެ އެއްވެސް ހުށަހެޅުމަކަށް ޓްރަމްޕް އެއްބަހެއް ނުވެއެވެ.

ދެފަރާތުގެ ހުށަހެޅުންތަކާ ގުޅޭގޮތުން ޕާކިސްތާނު މެދުވެރިކޮށް މެސެޖްގެ ޒަރީއާއިން ވާހަކަ ދައްކަމުން ގެންދާއިރު، ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ މިއަދުވަނީ އީރާނަށް ވަޑައިގެންފައެވެ.

އެއްބަސްވުމެއް ނުހެދިއްޖެނަމަ އީރާނަށް އަލުން ހަމަލާދޭން ފަށާނޭ ކަމަށް އެމެރިކާގެ ރައީސް އެތައް ފަހަރަކު އިންޒާރު ދީފައި ވެއެވެ. އެކަމަކު، ވާހަކަތަކުން ނަތީޖާއެއް ނެރުމަށް އެމެރިކާއިން އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އީރާނުން ބުނަމުންދަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން ހަމަލާދޭން ފަށައިފިނަމަ އީރާނުން ދޭން ފަށާ ރައްދު ހަމަލާތައް ކުރީ ފަހަރަށްވުރެ ވަރުގަދަ ވާނޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ ލަޝްކަރުތައް މިހާރުވެސް އޮތީ އެންމެމަތީ ލެވެލްއަށް ތައްޔާރުވެފައެވެ.

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު ވިދާޅުވީ، އީރާނާ ދެކޮޅަށް އަލުން އުދުވާނު ފަށައިފިނަމަ ދެން ފެނިގެންދާނީ ސިއްސައިގެންދާފަދަ، ވަރުގަދަ ރައްދުތަކެއް ކަމަށާއި، އެކަންކަން އަންނާނީ ވަރުގަދަ ތޫފާނެއްފަދައިން ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް