ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ މުއައްސަސާއިން ވަނީ، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު