ޤައުމެއްގެ އިޤުތިޞާދީ ދުވެލި ބާރުވެ، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރެވެނީ އެ ޤައުމެއްގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރެވިގެންނެވެ. ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ތަފާތު، ހަރުދަނާ ތަސައްވުރެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯ އަށް މިހާހިސާބަށް ޖުމްލަ 205،000މީހުންވަނީ ޒިޔާރަތްކޮށްފަ. އެއީ އެވްރެޖުކޮށް ދުވާލަކު 41،000 މީހުން.

10އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު މިމަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއި އެކު ވަރަށް …

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ގޮންޖެހުންތަކާއެކުވެސް، ޤައުމު ކުރިއަށް ގެންދާނެ ސާފު މަންޒަރެއް އެމަނިކުފާނު ސިފަކުރައްވައި، ރާއްޖެއިންނާއި ބައިނަލްއަޤުވާމީ މައިދާނުން ފުރުޞަތުތައް ހޯދުމަށް ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރައްވަމުންނެވެ.

ކްރިއޭޓިވް އިކޮނޮމީ: 2030 އަށް އަމާޒުހިފި ތަސައްވުރު

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ އިޤުތިޞާދުގެ މައިނާރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އުފެއްދުންތެރީންކަން ދެނެގަނެ، އެފަރާތްތަކަށް ހިތްވަރުދިނުމަށް މި ސަރުކާރުން ވަނީ އައު މިސްރާބެއް ކަނޑައަޅާފައެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އިސްކަންނުދޭ މިންވަރަށް، ބިނާކުރަނިވި ޚިޔާލުތައް ގެންގުޅޭ ޒުވާނުންނަށާއި އުފެއްދުންތެރިންނަށް ޖާގަދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ.

އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ (ޖީޑީޕީގެ) 15 އިންސައްތައަކީ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިޤުތިޞާދުގެ ހިއްސާކަމުގައި ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ މުހިންމު އަމާޒެކެވެ.

އުފެއްދުންތެރިކަމުގެ މަޢުރަޒު: އުންމީދީ އައު ފެށުމެއް

މި އަމާޒަށް ވާސިލުވުމަށް އެޅުނު އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒެވެ. 10 އަހަރުގެ މެދުކެނޑުމަކަށްފަހު، މި މަޢުރަޒާއި އެކްސްޕޯ އަލުން ފަށައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވަނީ ދިވެހި އުފެއްދުންތެރިންނަށް ބޭނުންވާ އެކްސްޕޯޝަރ ހޯދައިދިނުމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މަޢުރަޒުގައި ތަފާތު 7 ޑިސްޓްރިކްޓެއް ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ވާދަކުރުމުގެ ބައި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް، މާކެޓްޕްލޭސް ޑިސްޓްރިކްޓް، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް އަދި ބައިނަލްއަޤުވާމީ ބައިވެރިންގެ ޑިސްޓްރިކްޓް ހިމެނެއެވެ. ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން މިއަހަރު ބައިވެރިކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތަކާއި ކުދި ވިޔަފާރިތަކުގެ ބައިވެރިވުން ވަރަށް ބޮޑެވެ.

ސަޤާފީ ބޮޑުބެރާއި ނެށުންތަކާއި، ކުޑަކުދިންގެ ހަވީރު ފަދަ ޝައުޤުވެރި ހަރަކާތްތަކާއެކު ކުރިއަށްދާ މި މަޢުރަޒަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 205،000 އަށްވުރެ ގިނަ މީހުން ވަނީ މަޢުރަޒަށް ޒިޔާރަތްކޮށްފައެވެ. އެއީ އެވްރެޖުކޮށް ދުވާލަކަށް 41،000 މީހުންނެވެ.

އުފެއްދުންތެރިންނަށް ހިތްވަރު

މި މަޢުރަޒަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އަހަންމިއްޔަތުކަމަކީ އުފެއްދުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، ރައީސް ވަނީ 11 ގަޑިއިރު ހޭދަކުރައްވައި، 500 އަށްވުރެ ގިނަ ސްޓޯލަށް ޒިޔާރަތްކުރައްވާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ބައިވެރީންނާއި އެކު ރަޢީސް ޑރ. މުޢިއްޒު @MMuizzu ޖުމްލަ 11ގަޑިއިރު ހޭދަކުރައްވައިފި.
#MaldivesExpo2026
#Maurazu26
#CreativeMaldives
#Dhiveheenahlskan
#DhivehingeUfehdhun

އަދި 1000 އަށްވުރެ ގިނަ އުފެއްދުންތެރިންނާ ސީދާ ބައްދަލުކުރައްވައި ވާހަކަދެއްކެވިއެވެ. މިއީ ވެރިއެއްގެ ފަރާތުން މަސައްކަތްތެރިންނަށް ލިބިގެންދިޔަ ވަރަށް މަތިވެރި ހިތްވަރެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް

އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ދަނީ ޢަމަލީ ގޮތުން ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި:

  • ޓެކްސް އޮފްސެޓް ކުރުން: ސަރުކާރުގެ މަސައްކަތްތައް ކޮށް ފައިސާ ނުލިބިވާ ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް، އެ ލިބެންޖެހޭ ފައިސާއިން އަޅާކަނޑައިދިނުން.

  • ޓެކްސް ތްރެޝްހޯލްޑް މަތިކުރުން: ޖީއެސްޓީއަށް ރަޖިސްޓްރީވާންޖެހޭ އާމްދަނީގެ މިންވަރު 1 މިލިއަނުން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމުން.

  • ޑިއުޓީ ލުއިތައް: އުފެއްދުންތެރިކަމަށް ބޭނުންވާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުން.

  • ޑޮލަރުން ފައިސާ ލިބޭނެ މަގު: ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަޤުވާމީ ބާޒާރަށް ތަކެތި ވިއްކާ ފަރާތްތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުން.

  • އެސްއެމްއީ ސްޓާޓްއަޕް ފަންޑު: ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޚާއްޞަ ފަންޑެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުން.

މިރޭ ރަސްމީކޮށް އިފުތިތާހުކުރި "މޯލްޑިވްސް އެކްސްޕޯ 2026" އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި، ދިވެހިންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން އެއްތަނަކުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ހަރަކާތް.

ރައީސުލްޖުމްހޫރިއްޔާ ޑރ. @MMuizzu ޝަރަފުވެރިކޮށްދެއްވި މި މައުރަޒުގައި، 439 …

މި ލުއިތަކުގެ ބޭނުމަކީ ވީހާވެސް ގިނަ އާންމު ރައްޔިތުންނާއި ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ ބާރުވެރިކަން ހޯދައި، ޖީބަށް ވަންނަ އާމްދަނީ އިތުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ މި ދަތުރަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަމާއި ތަރައްޤީއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މައުރަޒުތަކުން ފުރުޞަތު ހުޅުވައިދީ، ޤާނޫނީ އަދި މާލީ ގޮތުން ފަހިކޮށްދޭ ލުއިތަކާއެކު، ދިވެހި އުފެއްދުންތެރިން ބާރުވެރިވެ، ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.