ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ މަހުން ފެށިގެން 2 ދާއިރާއަކުން ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހީންނަށް

MPL
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަންނަ އޮކްޓޫބަރު މަހުން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިންވަނީ އޮކްޓޫބަރު 8 އިން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވުން މަނާ ބައެއް ބޭރުގެ ވިޔަފާރިތަކާއި ގުޅޭގޮތް ވެފައިނުވާތީ އެފަރާތްތަކުގެ ނަންތައްވެސް ޢިއުލާންކޮށްފައެވެ. ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް އޮންނަ ފުރުސަތަކަށް ހެދުމަށްޓަކައި ސަރުކާރުންވަނީ ޤާނޫނަށް އިސްލާޙުތަކެއް ގެންނަވާފައެވެ. މިއާއެކު އަންނަމަހުގެ 8 އިން ފެށިގެން ބައެއް ކަންކަން ތަންފީޒުކުރަން ޤާނޫނުން ލާޒިމުކުރެއެވެ. އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރިކުރާ ފަރާތްތަކާއި، ކާގޯ ސޭލްސް އޭޖެންޓް އަދި ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތަކުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭނެކަމަށް އެވުޒާރާއިން ބުންޏެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ބޭރު ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސްއާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅުތައް އެޅުމަށްވަނީ އަންގާފައެވެ.

އެވުޒާރާއިން ވަނީ ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ގުޅުމަށް މަސައްކަތް ކުރިނަމަވެސް 8 ކުންފުންޏާ ގުޅޭގޮތްނުވާތީ ކުންފުނީގެ ނަންތައް ހާމަކޮށްފައެވެ. އަދި އެފަރާތްތަކުން އިންވެސްޓް މޯލްޑިވްސްއަށް ގުޅައިގެން އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީ ގަވާއިދުގެ ތެރެއިން ކުރިއަށްގެންދިޔުމަށްވަނީ އަންގާފައެވެ. ކުންފުނިން ޢަމަލުކުރަންޖެހޭ އިންތިޤާލީ މަރުޙަލާގެ ޝަރުތުތައް ކަށަވަރުކުރުމާއި އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީވުމުގެ އުސޫލުގެ ދަށުން ކުރިއަށްދިޔުމުގައި ޢަމަލުކުރަންވީގޮތާއި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އުސޫލުގެ ދަށުން އަޅަންޖެހޭފިޔަވަޅުތައް އެޅުމަށްވަނީ އެކުންފުނިތަކަށް އަންގާފައެވެ.

HajjCop_ads
Advertisement

އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ހަރަކާތްތެރިވެވޭގޮތް ހެދުމަށް ނިންމަވާ ސަރުކާރުން އެކަން ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ވިޔަފާރިކުރުމުގައި ބައެއް ދާއިރާތަށް ދިވެހި ކުންފުނިތަކަށް ޚާއްސަކޮށްފައިވާއިރު ބައެއް ދާއިރާތަކުގެ ވަޒީފާތަކަކީވެސް ހަމައެކަނި ދިވެހީންނަށް ހުއްދަ އޮންނަ ދާއިރާތަކެއްގެގޮތުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިއާއެކު އިޤްތިޞާދަށް ވަންނަ ފައިސާ އިތުރުވެ ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުން: ސަޢީދު

Large 158608345655sRiB

ދިވެހިންނަށް ޚާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 ކުންފުންޏެއް އުވާލައިފި

Minister Saeed

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު

HIL0yzSa4AE8LTG

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު