ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ މާލެއަށް މީހުން ތޮއްޖެހޭ ސަބަބުތައް ނައްތާލައި ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީ ގެނައުން: ރައީސް

465785 524bad6a 4
TTH_Ads
MPL_Ads
STO_Ads
Advertisement

މާލެއަށް މީހުން ތޮއްޖެހެން މެދުވެރިވާ އަސްލު ސަބަބުތައް ނައްތާލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަކީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގެ މައިގަނޑު އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލޭގެ ތޮއްޖެހުމާއި އުޅަނދުފަހަރު ގިނަވުމުގެ މައްސަލައަކީ ވަގުތީ ހައްލަކުން ނިމުމަކަށް ގެނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލައިގެ އަސްލަކީ ރާއްޖޭގެ ތަރައްގީ އެންމެ ސަރަހައްދަކަށް މަރުކަޒުވެފައި އޮތުންކަން ފާހަގަކުރައްވައި، އެކަމަށް ވަރަށް އަވަހަށް ނިމުމެއް ގެންނަވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

މި ސިޔާސަތުގެ ދަށުން އެންމެ އުތުރާއި ދެކުނުގައި ތަރައްގީގެ އިންޓެގްރޭޓެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތާއި، ވަޒީފާގެ ފުރުސަތުތަކާއި، ބޯހިޔާވަހިކަން ހިމެނޭގޮތަށް ފަސް އާބަން ސެންޓަރެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މަރުކަޒީ ނިޒާމު ދޫކޮށްލައި، ޑީސެންޓްރަލައިޒްޑް ނިޒާމެއްގެ ތެރެއިން އެ ސެންޓަރުތަކުން ހުރިހާ ހިދުމަތެއް ލިބޭނެގޮތް ފަހިކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.

MPL_Ads
HajjCop_ads
Advertisement

މީހުން މާލެއަށް ހިޖުރަކުރާ މައިގަނޑު ސަބަބުތަކަކީ ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ އިތުރުން ގެދޮރުވެރިކަން ހޯދުންކަން ފާހަގަކުރައްވައި، އެ ކަންކަން އެހެން ސަރަހައްދުތަކުގައި ފުރިހަމަވުމުން އަމިއްލަ ރަށުގައި ނުވަތަ ރަށާ ކައިރީގައި ދިރިއުޅުމަށް އާންމުން ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއީ ސަރަހައްދީ ތަރައްގީއާ ސީދާ ގުޅިފައިވާ ކަމެއްކަމަށާއި، މި ބޮޑު ޕްލޭން ތަންފީޒުކުރަމުންދާއިރު ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ސާޅީސް އިންސައްތައަށްވުރެ ބޮޑު ބައެއް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭކަން ފާހަގަކުރައްވައި، މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިޔަ މަޝްރޫއުތަކެއް ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕާކިން ބިލްޑިންގްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، އުޅަނދުތަކުގެ އަދަދާއި އުމުރު ކަނޑައެޅުމުގެ އިތުރުން، މައްސަލައިގެ އަސްލަށް ހައްލު ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރަހައްދީ ތަރައްގީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އަށާރަ އަހަރާއި ތިރީސް އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނު ސްކީމެއް ތައާރަފުކޮށްފައިވާކަމަށާއި، މި ސްކީމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ސްޓާޓްއަޕްތައް ފެށުމަށް ޒުވާނުންނަށް ބޮޑު ހިތްވަރަކާއި ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

465800 e7e97260 2

މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް މިއަހަރު ދެ ޕާކިން އިމާރާތުގެ މަސައްކަތް ފަށަނީ

465788 0331ff19 0

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ: ރައީސް

Io

ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް

Io

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފި