ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފެއްޓެވީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.

ރިލްވާން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަންކުރެއްވީ 2014 ވަނަ އަހަރުއެވެ. ނަމަވެސް ޖެހިގެން އައި 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ އޭނާ އެ މަގާމުން ވަކިކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އޮސްޓްރޭލިއާގެ އާރުއެމްއައިޓީ ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ރިލްވާން ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ދިގު މުއްދަތަކަށް ފުރުއްވާފައެވެ. އޭނާ ވަނީ ވިލާ ގްރޫޕުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.