ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ

DSC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޓެލެކޮމިއުނިކޭޝަންގެ މައި ކުންފުނި، ދިރާގުގެ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހޯދައި، އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިި ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. މިގޮތުން ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ދޫކޮށްފައިވާއިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ %51 ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ %100 ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ޚިދުމަތްދިނުމަށް އަދި އެމްޑަބްލިޔުއެސްސީ އިތުރަށް ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމަ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ %20 ގެ ޝެއާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެވަނީ ފެށިފައި.

މިހާރު ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ %41.8 ހިއްސާއެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ތަމްސީލް ކުރަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގެ %80 ހިއްސާ ދިވެހި ސަރުކާރުން ތަމްސީލް ކުރާއިރު ބާކީ %20 ހިއްސާ ތަމްސީލް ކުރަނީ ހިޓާޗީ ގްރޫޕުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 17 at 15.50.30

މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާ އެމްޑަބްލިޔޫއެސްސީން ފަށައިފި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް