ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގާއި ސޮނޭވާ ގުޅިގެން މުރަކަ އާލާކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަނީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް”އަށް އެހީތެރިވުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާއެކު، ދަރަވަންދޫގައި ޤާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ މުރަކަ ފާމުގެ އެއްބާރުލުމާއެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރީސާޗު އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުޤުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެރަށުގެ ފަތުރުވެރިކަމަށާއި، މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށްވެސް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ފަރުތައް އާލާކުރުމާއި، ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 30 އާއި 50 ނާސަރީ ސްޓްރަކްޗަރ އެކުލެވޭގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މުޖުތަމައުތައް ބާރުވެރި ކުރުމަށް އިސްކަންދީ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުންދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ

DSC

ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ކުރިޔަށް ގެންގޮސްފި