ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި، މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވެނީ ހ. ކަރޯގެ، މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) އެވެ. ފުލުހުން ބުނީ އޭނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 އޮކްޓޫބަރ 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި، އެ ގެއާއި، އެކަމާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

މި މައްސަލާގައި މީގެ ކުރިން ވަނީ ތިން ބިދޭސީން ހައްޔަރު ކޮށްފައެވެ. އެ އެންމެނަކީވެސް ބަންގްލަދޭޝް ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police traffic

ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް!

WhatsApp Image 2026 10 14 at 10.58.34

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

88887

ގަލޮޅު އެޕާޓްމަންޓަކުން ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

2 Suspects 4 9f75a856a0

ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި