ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއޭއެމް އެވޯޑްސް ހަފްލާ ބާއްވައިފި

Eeac857c ef93 4cd0 86ac 2b1e053394a3
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް ހަފްލާގައި، ވޭތުވެދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފުވެރި މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ގައުމީ ޓީމުގެ ތަރި އަހުމަދު އައިހަމް (ފަތޯ) ހޯދައިފިއެވެ.

މިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި ދިން މި އެވޯޑު ހއ. އުތީމަށް އުފަން އައިހަމް ކާމިޔާބުކުރީ، ގަދަ ތިނެއްގައި ވާދަކުރި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އާއި ވިކްޓަރީގެ ހަމްޒާ މުހައްމަދު (ހަމްޕު) ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. މި ބައިން ދެވަނަ ސެންޓޭ ހޯދިއިރު، ތިންވަނަ ލިބުނީ ހަމްޕު އަށެވެ. ނަމަވެސް ސަޕޯޓަރުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަމްޕު ހޯދިއިރު، ސީޒަނުގައި 22 ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލްކުރީ ސެންޓޭއެވެ. މި އެވޯޑުގެ ގަދަ ފަހެއްގައި ދެން ހިމެނުނީ މުހައްމަދު ނާއިމް އަދި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ރޭގެ ހަފްލާގައި ހޮވި އެހެން ވަނަތަކަށް ބަލާއިރު:

HajjCop_ads
Advertisement

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ފާތިމަތު ސާލިޔާ (އޮޑި ސްޕޯޓްސް ކްލަބް)

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ (އަލަށް ތައާރަފްކުރި): މުހައްމަދު އިމްރާން / އިންމި (ގައުމީ ފުޓްސަލް ކެޕްޓަން)

އެންމެ މޮޅު ކްލަބް: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ މޮޅު ކޯޗު: ލުއިސްމާ ހެނާންޑޭޒް (މާޒިޔާ)

އެންމެ މޮޅު ގޯލްކީޕަރު: މުހައްމަދު ފައިސަލް (ނިއު ރޭޑިއަންޓް)

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގިލެރްމޯ ޑަ ސިލްވާ (ނިއު ރޭޑިއަންޓް)

އެންމެ އުންމީދީ ކުޅުންތެރިޔާ: މުހައްމަދު އިލާން އިމްރާން (މާޒިޔާ)

އެންމެ މޮޅު ގޯލް: ހުސައިން ނިޔާޒް މުހައްމަދު / ބޮކުރީ (ވިކްޓަރީ ސްޕޯޓްސް ކްލަބް)

އެންމެ މޮޅު ރެފްރީ: ހުސައިން ސިނާން

ރީޖަން ލީގުގެ އެންމެ މޮޅު ކްލަބް: ބިސް ބުރު ސްޕޯޓްސް ކްލަބް (ދެވަނަ: ހއ. ދިއްދޫ، ތިންވަނަ: ގދ. ގައްދޫ)

މީގެއިތުރުން، ފަހަކަށް އައިސް އަޅުގަނޑުމެންނާ ވަކިވެދިޔަ ދިވެހި ފުޓްބޯޅައިގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް ވަނީ އަރުވާފައެވެ. މި އެވޯޑު އަރުވާފައިވަނީ މަރުހޫމް އިހުސާން އަބްދުލްޣަނީ (ކޯޗު ސާންތީ)، މަރުހޫމް މުހައްމަދު އާރިފް (ބަކާ) އަދި މަރުހޫމް އިފްރާހު އަރީފް (އިފްރާ) ގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

އެފްއޭއެމް އިން 2004 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑަކީ 2018 ވަނަ އަހަރަށް ފަހު މެދުކެނޑިފައި އޮތުމަށްފަހު އަލުން ދޭން ފެށި އެވޯޑެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު