ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފިއެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކޮށް އަދި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރުމަލް މަޔަވަން، އިންޑިއާ (44އ) އާއި، ތުވަން ރިސްލިން ފަލީލް، ސްރީލަންކާ (35އ) އެވެ.

މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 1677 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 23 ފުޅިއާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

HajjCop_ads
Advertisement

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން

police

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި