މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައި ވަނީ ހ. މާދޫގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާ ބަލައި ފާސްކޮށްގެންނެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މިއީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިޔަފާރިކޮށް ދައުރުކުރަމުންދާ ނެޓްވޯކެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ނިމުމުން އެކަމާ ގުޅޭ ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު