ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ “ދިރާގު މޯލްޑިވްސް ރޯޑް ރޭސް” (ޑީއެމްއާރްއާރް) 2026 ގެ ޓީމް އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ ދުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅިން އަލަށް ހަތަރު ޓީމު ކެޓަގަރީއެއް ތައާރަފުކޮށް، އެކުވެރިކަމާއެކު ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ދުވުންތެރިންނަށް ދިރާގުން ފަހިކޮށްދީފައިވާކަމެވެ.

މިގޮތުން އަލަށް ތައާރަފުކުރެވުނު ޓީމު ކެޓަގަރީތައް

HajjCop_ads
Advertisement

  • ކޯޕަރޭޓް ޓީމުތައް
  • ރިސޯޓު ޓީމުތައް
  • ދުވުމުގެ ކްލަބުތައް (ރަނިންގ ކްލަބްސް)
  • ކޮލެޖް އަދި ޔުނިވަރސިޓީތައް

ދިރާގުން މައުލޫމާތު ދިން ގޮތުގައި، މި ހަތަރު ކެޓަގަރީން މޮޅުވާ ޓީމުތަކުގެ ތެރެއިން، ކޮންމެ ކެޓަގަރީއަކުން އެއްވަނަ ހޯދާ ޓީމަކަށް -/10,000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ދުވުން ވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ދުނިޔޭގެ ދުވުމުގެ ޖަމިއްޔާ ‘އެއިމްސް’ (AIMS) ގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުން ކަމަށްވާ މި ރޭހުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ އެތުލީޓުންނަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮންމެ އަހަރަކު ވެސް އިޖުތިމާއީ މުހިންމު ކަމަކަށް ހާއްސަކޮށްގެން ބާއްވާ މި ދުވުން މިއަހަރު ވެސް އަމާޒުކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެގޮތުން، އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200,000 ރުފިޔާގެ އެހީ ދިނުމުގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަން ފީން 100 ރުފިޔާ އެންޖީއޯތަކަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން dmrr.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ 4000 ބައިވެރިން ހަމަވަންދެން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ބޮޑު މަގުސަދެއް ހާސިލުކުރުމަށްޓަކައި އަހަރުން އަހަރަށް ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ކުރިޔަށް ގެންގޮސްފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Big qKRQqayyDMU9OVpNe0mqEgvuG

40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ދިރާގާ ދުރަށް

dhiraagu

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިއަން ރުފިޔާ