ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް މިއަހަރު ދެ ޕާކިން އިމާރާތުގެ މަސައްކަތް ފަށަނީ

465800 e7e97260 2
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި މާލޭގައި މަދުވެގެން ދެ ޕާކިން އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ދަ ޕަލްސް ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ފެށުން މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް މިހާރު ނިންމަވާފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން އިމާރާތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 13 ބުރީގެ ޕާކިން އިމާރާތެއް އެޅުމަށް ބެޗް ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޕާކިން އިމާރާތް ކަމަށްވާއިރު، މި ތަނުގައި ދެ ފުރޮޅުލީ އުޅަނދަށް 500 އަށްވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށްވުރެ ގިނަ ޖާގަ ހިމެނޭނެއެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މި އިމާރާތުގައި ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތައް ވެސް ހިމެނޭނެއެވެ.

HajjCop_ads
Advertisement

މާލޭގެ ތޮއްޖެހުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ހަމައެކަނި އުޅަނދު މަދުކޮށްގެން މި މައްސަލަ ހައްލުނުވާނެ ކަމަށާއި، މިކަމަށް އޮތް ހައްލަކީ ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީކުރުން ކަމަށެވެ. މާލެއަށް މީހުން ޖަމާވުން މަދުކުރެވިއްޖެނަމަ އުޅަނދުތައް އިތުރުވުން ވެސް ހުއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބާރުމިނުގައި މާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، މަގުތައް ހެދުމާއި ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް

Sii

ޕިމްސް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި