ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ: ރައީސް

465788 0331ff19 0
STO_Ads
TTH_Ads
Advertisement

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސަރުކާރުން ކުރިއަށްގެންދާ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބޮޑު މަޝްރޫއެއް އެންމެ ފަހުން ހިންގާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. އޭގެ ފަހުން މަގުތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ. އަލަށް ފަށާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމަކާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމުގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ގާއިމުކުރެވިގެންދާނެއެވެ.

މި ބިޔަ މަޝްރޫއުގައި ނުހިމެނޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިއްޒުއްދީން ފާލަމުން ފެށިގެން ކުރީގެ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި އެ މަގު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ސަރަހައްދުގައި ފަސްސަތޭކަ ސައިކަލު ޕާކުކުރެވޭނެ ޖާގަ ހަމަޖެހިފައިވާއިރު، މީގެ ސަބަބުން އެތެރޭގެ މަގުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްވެސް މި ފިޔަވަހި ނިމުމާއެކު ފެށޭނެކަން ވަނީ ހާމަކުރައްވާފައެވެ.

HajjCop_ads
Advertisement

މާލޭގެ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރުމަށް އިތުރު ޖާގަ ލިބި، ފަސޭހަވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ދާއިމީ ހައްލެއް ލިބޭނީ ސަރަހައްދީ ތަރައްގީ ގެނެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ޚިދުމަތްތަކާއި ފުރުސަތުތަކުގެ އިތުރުން ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހަގީގީ ހައްލެއް ހޯދައިދިނުމެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

468486 b1164f56 c

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި