އުފަންދުވަސް ފާހަގަ ކުރަން ބޭނުންވަނީ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށްގެން ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.
އިއްޔެ އުމުރުން 19 އަހަރު ފުރުން ޔަމާލް ބުނި ގޮތުގައި މި އަހަރުގެ އޭނާގެ އުފަންދުވަހުގެ ‘ވިޝް’ އަކީ ފްރާންސް ބަލިކޮށް ފައިނަލަށް ދަތުރުކުރުން ކަމަށެވެ.
މީގެ އިތުރުން ޔަމާލް ބުނި ގޮތުގައި ސެމީގެ ޕްރެޝަރު އިހުސާސްނުވާ ކަމަށާއި ދަށްވިޔަސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ.

“އަހަރެންގެ އުފަންދުވަހުގެ އުއްމީދަކީ ފްރާންސް ބަލިކުރުން. ސެމީއަށް އެހާ ޕްރެޝަރެއް އިހުސާސެއްނުވޭ. މިއީ ހަމައެކަނި މެޗެއް. މޮޅުނުވިޔަސް މިއީ ކުޅިވަރެއް. މޮޅުވާން އިތުރު ފުރުސަތުތައް ލިބޭނެ.” މިރޭގެ ފޯރިގަދަ ސެމީ ފައިނަލާ ބެހޭ ގޮތުން ވާހަކަދައްކަމުން ޔަމާލް ބުންޏެވެ.
ޔަމާލް އޭނާގެ ފުރަތަމަ ވަރލްޑް ކަޕް ކުޅެމުން އަންނައިރު އޭނާ ވަނީ މި މުބާރާތުގައި އެއް ލަނޑު ކާމިޔާބު ކޮށްފައެވެ. ޔަމާލް މުބާރާތް ފެށީ ބެންޗުން ކަމަށްވާތީ ސްޕެއިންގެ ފަރާތުން ފުރަތަމަކޮޅު އެޓޭކިން ބާރު ނެތްތަން ވަނީ ފެނިފައެވެ. ނަމަވެސް ޔަމާލް ފިޓުވެ, މިހާރު ފުރަތަމަ އެގާރައިގައި ހިމެނޭތީ ސްޕެއިންގެ ހަމަލާތައް ވަނީ ވަރުގަދަވެ, ލަނޑުތައް އިތުރުވެފައެވެ.









ކިޔުންތެރިންގެ ހިޔާލު