ބަލޮންޑޯ އެވޯޑް އޭނާއަށް ދެތޯ އާދޭސް ނުކުރާނެކަމަށް ބާސެލޯނާއާއި ސްޕޭނުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ.

ބަލޮންޑޯ އެވޯޑަށް ވާދަކުރާ ގަދަ 30 ކުޅުންތެރިންގެ ނަން ފްރާންސްގެ މެގަޒިނުން ރޭ ވަނީ އިޢުލާންކޮށްފައެވެ.

ހުސްވި ސީޒަނުގައި ބަލޮންޑޯ ހޯދީ ފްރާންސާއި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭއެވެ. ކުރިން ބާސެލޯނާއަށް ވެސް ކުޅުނު ޑެމްބެލޭ ބުނީ އޭނާގެ ނަޒަރުގައި ބަލޮންޑޯ އެވޯޑް ލިބޭނެ ތިން ކުޅުންތެރިންނަކީ ޕީއެސްޖީގެ ކްވީޗާ ކަވަރަސްކޭލިޔާ އާއި ބަޔާން މިއުނިކްގެ ހެރީކޭން އާއި ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ ކުރެ ކުޅުންތެރިއަކަށް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
އޭނާ އަކީ އެމްބާޕޭގެ ރަހުމަތްތެރިއެއް ދޯ. އަހަރެންނަށް ވަރިހަމަ. އަހަރެން އެކަމާ އަޅާނުލަން. ބެލުންތެރިން އަހަރެންނަށް އެވޯޑް ލިބޭތޯ ނުލިބޭތޯ ޖަޖްކުރީމާ އަހަރެންނަށް ފުދޭ. އަހަރެން މިދިޔަ ސީޒަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ.

ބަލޮންޑޯ އެވޯޑަށް ޑެމްބެލޭއާ އެންމެ ބޮޑަށް ވާދަކުރި ޔަމާލް ބުންޏެވެ.

އުމުރުން 19 އަހަރުގައި އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި އޭނާއާ ވާދަކުރާ ކުޅުންތެރިންގެ ގައުމުތަކާ ކުޅެ އޭނާ ކާމިޔާބު ހޯދި ކަމަށް ޔަމާލް ބުންޏެވެ.

އަހަރެން ވޯލްޑް ކަޕް ހޯދާފައި ބެލީ ރަނގަޅަށް އަރާމު ކުރެވޭތޯ. އަހަރެން މިހުރީ އަނެއްކާ ވެސް މި ސީޒަން ކާމިޔާބު ކުރަން ތައްޔާރުވެފައި. ބަލޮންޑޯ އެވޯޑަކީ ހުރިހާ އެއްޗެއް ނޫން. އެއީ ބައެއް ފަހަރު އެންމެ މޮޅު ކުޅުންތެރިޔާ އަށް ލިބެ އެވޯޑެއް ވެސް ނޫން.

ޒުވާން ކުޅުންތެރިޔާ ޔަމާލް ބުންޏެވެ.

ފުޓް ބޯޅާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑުކަމަށްވާ ބަލޮންޑޯ އެވޯޑް ހަފުލާ އޮންނާނީ މި އަހަރުގެ ފަހުކޮޅުއެވެ.