މިއީ ބަލޮންޑިއޯ އޭނާއަށް ލިބެން ރަނގަޅު އަހަރުކަމަށް ށް ރެއާލް މެޑްރިޑްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ. އޭނާ ބުނީ ބަލޮންޑޯ އެވޯޑް ލިބޭ ކުޅުންތެރިޔާ ކަނޑައަޅަން ފްރާންސްގެ ކެޕްޓަންގެ ހައިސިއްޔަތުން އޭނާގެ ވޯޓު އެހެން އެއްވެސް ކުޅުންތެރިއަކަށް ނުލިބޭނެ ކަމަށެވެ.
ހުސްވި ސީޒަނުގައި 44 މެޗުން 42 ގޯލު ރެއާލް މެޑްރިޑަށް އެމްބާޕޭ ވަނީ ޖަހައިދީފައެވެ. އަދި ވޯލްޑް ކަޕުގައި 10 ގޯލު ޖަހައިގެން އެ މުބާރާތުގެ ރަންބޫޓު ހޯދައި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލާފައެވެ.
އެމްބާޕޭ ބުނީ ބަލޮންޑޯ އެވޯޑާ ގުޅުވައި ވަރަށް ގިނަ މީހުން ވާހަކަ ދައްކާކަމަށާއި، އޭނާ ޤަބޫލުކުރާގޮތުގައި އެންމެ މޮޅީވެސް އޭނާކަމަށެވެ.

އަހަރެންގެ ނަޒަރުގައި މިއަހަރު މިއީ އަހަރެންނަށް މި އެވޯޑް ލިބެން އެންމެ ރަނގަޅު އަހަރު. ވަރަށް ގިނަ މީހުން އަހަރެންނާ ގުޅުވައިގެން ބަލަންޑޯ އެވޯޑްގެ ވާހަކަ އެބަދައްކާ. އަހަރެން ދެކޭ ގޮތުގައި އެންމެ މޮޅީ އަހަރެން. އަހަރެންގެ ވޯޓު އެހެން ކުޅުންތެރިއަކަށް މި ސަބަބާ ހުރެ ނުލިބޭނެ.
ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުންޏެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭއަށް މިދިޔަ ސީޒަން ވެގެންދިޔައީ ކާމިޔާބު ސީޒަނަކަށެވެ. އެމްބާޕޭއަކީ މިހާރު ތާރީހުގައިވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދީ 10 ގޯލް ޖަހައިގެންނެވެ.
އަހަރެންނަށް ހިއެއްނުވޭ ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕުގެ ރަންބޫޓު އެއްފަހަރާ އެހެން ކުޅުންތެރިއަކަށް ލިބުނުހެން. އަހަރެން ދެކޭ ގޮތުގައި މިއީ ބަލަންޑޯ އެވޯޑް ލިބުން ހައްގު ސަބަބެއް. އެކަމަކު ކޮންމެ މީހެއްގެ ވެސް ތަފާތު ވިސްނުމެއް އޮވެދާނެ. މިހެންވެ އަހަރެން ނުބުނަން މި އެވޯޑް ދެނީ ޑިކެޓޭޓްކުރާ އުސޫލަކުންނޭ ނުވަތަ ނާއިންސާފުންނޭ.
ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުންޏެވެ.
އޭނާ އަށް އެވޯޑް ލިބުމަށް އޮތް އެއް ހުރަހަކީ ރެއާލް މެޑްރިޑަށް އޭނާ ކުޅުނު ދެ ސީޒަނުގައި ވެސް ތަށްޓެއް ނުލިބުނެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް މީގެ ދެ އަހަރު ކުރިން އޭނާ ރެއާލް އަށް ބަދަލުވި ފަހުން ޕީއެސްޖީ ވަނީ ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. މިކަމާ މެދު އޭނާ ބުނީ އެކަމާ ނުވިސްނާ ކަމަށާއި ފުޓްބޯޅައިގައި އޭނާ ވިސްނަނީ ތަފާތު ގޮތަކަށް ކަމަށެވެ.
މި އަހަރުގެ ބަލަންޑޯ އެވޯޑަށް އެމްބާޕޭއާ ވާދަކުރާނެ ކަމަށް ބެލެވެނީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާ އާއި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އާއި ބަޔާން މިއުނިކާއި އިނގިރޭސި ފޯވަޑް ހެރީކޭން އާއި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލެވެ.










ކިޔުންތެރިންގެ ހިޔާލު