ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިދިވިދިގެން ދެވަނަ ފަހަރަށް ރަންބޫޓް އެމްބާޕޭއަށް

Images (6)
TTH_Ads
STO_Ads
Advertisement

ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި އާޖްނެޓީނާގެ ލިއޮނަލް މެސީއަށް ލަނޑެއް ނުޖެހުމާއެކު މިފަހަރުގެވެސް މުބާރާތުގެ ރަންބޫޓް، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށް ލިބިއްޖެއެވެ.

މިއީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގައި ކުޅުންތެރިއަކަށް ރަންބޫޓު ލިބުނު ފުރަތަމަ ފަހަރެވެ. އެ ޝަރަފް ލިބުނީ އެމްބާޕޭއަށެވެ. މެސީއަށްވުރެ ދެ ގޯލު އިތުރުވީީ ތިންވަނަ ހޮވާ މެޗުގައި ފްރާންސް 6-4އިން ބަލިވި މެޗުގައި އެމްބާޕޭ 2 ގޯލު ޖަހާފައިވުމުންނެވެ.

މުޅި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު 10 އަކަށް ހަމަކޮށްފައެވެ. މިއާއެކު އެމްބާޕޭ ވަނީ ދެ އަދަދުގެ ފިގާއަކަށް، ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.

HajjCop_ads
Advertisement

ވޯލްޑް ކަޕްގެ ތާރީޚުގައި 86 އަހަރުވެގެންދިޔައިރު،  މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ އެމްބާޕޭ އަތުގައެވެ.

ރަން ބޫޓް، އެވޯޑްގައި އެމްބާޕޭއާ އެންމެ ގާތުން ވާދަކުރީ އަށް ލަނޑު ޖެހި މެސީ އާއި ހަތް ލަނޑު ޖެހި އާލިން ހާލަންޑް އަދި އިންގްލެންޑްގެ ޖޫޑް ބެލިންހަމްއެވެ. މި ފަހަރުގެ މުބާރާތުގެ ސިލްވް ބޫޓު ލިބުނީ މެސީއަށެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމާއި މެންޗެސްޓާ ސިޓީ އަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. މި ދެ ކުޅުންތެރިން ވަނީ ހަތް ގޯލު ޖަހައިފަ އެވެ. މި ލިސްޓުގައި ދެން ހިމެނެނީ ހަ ގޯލު ޖެހި ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ އާއި އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. ސްޕޭނުގެ ފޯވަޑް މިކޭލް އޮޔަޒަބަލް ޖަހާފައިވަނީ ފަސް ގޯލެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big KsbkmKb4EDQ2BVRtjEhn2CRQB

ވޯލްޑު ކަޕް ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކާ އޮފިޝަލަށް ރަން އަނގޮޓިއެއް ދެނީ

2026 07 06 177309 1783297708. large

ފުޓްބޯޅައިގެ ރަސްގެފާން ބްރެޒިލް ކަޓުވާލައި ނޯވޭ ކުއާރޓާއަށް

Imago860335998 1024x712

ޖަޕާން ހިތްދަތިކޮށްލުމަށްފަހު ބްރެޒިލް ގަދަ 16އަށް

910d16ea 29f1 475e 8f33 c1095a63305d 16 9 aspect ratio default 0 x962y276

ބްރެޒިލާ ބައްދަލުކުރާ މެޗުގައި ޖަޕާންގެ ކޯޗު ބޭނުންވަނީ ޕެނަލްޓީ ޖަހަން